ޕާސްޕޯޓު ހައްދަން ހުށަހަޅާ އަދަދު އިތުރުވެއްޖެ

big_q8Ou4EIdjLoYhrwW8wlCaEFpy.jpg

ފޮޓޯ: އިމިގްރޭޝަން

ސްކޫލުތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ޕާސްޕޯޓު ހައްދަން ހުށަހަޅާ އަދަދު ވަރަށްބޮޑްށް އިތުރުވެއްޖެ އެވެ.

އިމިގްރޭޝަން ވިދާޅުވި ގޮތުގައި މިދިޔަ މަހު އެވަރެޖުކޮށް ދުވާލަކު ހުށަހެޅެމުން ދިޔައީ 160-170 ޕާސްޕޯޓެވެ. ނަމަވެސް މިދިޔަ ހަފުތާ ފެށުނުފަހުން މިހާރު އެވްރެޖުކޮށް ދުވާލަކު 290-300 ޕާސްޕޯޓު ހުށަހެޅެއެވެ.

ޕާސްޕޯޓު ހައްދަން ހުށަހަޅާ މިންވަރު އިތުރުވެފައިވާއިރު އޮންލައިންކޮށް ޕާސްޕޯޓަށް އެދި 24 ގަޑިއިރު ހުށަހެޅޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޕާސްޕޯޓު ހައްދަން ހުށަހަޅާ އަދަދު އިތުރުވެފައިވާއިރު ސްކޫލުތަކުގެ ދެވަނަ ޓާމު ކިޔެވުމަށްފަހު ސްކޫލުތަކުގެ ބޮޑު ޗުއްޓީ ފެށޭނީ ޖޫން މަހު އެވެ.

ސްކޫލުތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ޕާސްޕޯޓް ހައްދަން ހުށަހަޅާ އަދަދު ފާއިތުވި އަހަރުތަކުގައިވެސް ވަނީ އިތުރުވެފަ އެވެ.

އެގޮތުން މިދިޔަ އަހަރުވެސް ސްކޫލުތަކުގެ ބޮޑު ޗުއްޓީއާއި ބޮޑުއީދު ބަންދުގެ ދުވަސްތަކާއި ދިމާކޮށް މިދިޔަ އަހަރުވެސް ޕާސްޕޯޓް ހެއްދުމަށް ވަރަށް ގިނަ ބަޔަކު އެއްފަހަރާ ހުށަހެޅި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top