އިންޓަނެޓް ބޭންކިން އަށް ނުވަދެވިގެން ޝަކުވާގައި

original_1683453859203.jpeg

ފޮޓޯ: ބީއެމްއެލް. އެބޭންކުން ކަސްޓަމަރުންގެ ރައްކަތެރި ކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާ ކަމަށް ބުނޭ

ބީއެމްއެލްގެ ސެކިއުރިޓީ ވަރުގަދަކުރުމަށް “ޓޫ ފެކްޓާ އޮތެންޓިކޭޝަން” ތައާރަފްކުރުމާ އެކު އިއްޔެ ކުރިމަތިވި ޓެކްނިކަލް މައްސަލަތަކުގައި އެފްލިކޭޝަނަށް ނުވަދެވޭ މައްސަލަ ހައްލު ނުވެ ގިނަބަޔަކު ޝަކުވާ ކުރަމުން އެބަގެންދެއެވެ.

އާ އަޕްޑޭޓް ލިބުމުން ބޭންކިން އެޕްލިކޭޝަނުން އަމިއްލައަށް ލޮގްއައުޓްވާނެ އެވެ. އަޕްޑޭޓް ލިބޭނީ އަލުން ލޮގިންވުމުން ކަމަށް ވިޔަސް ވަރަށް ގިނަ މީހުންނަށް ޔޫސާ ނޭމް އާއި ޕާސްވޯޑް ހަނދާން ނެތި ނުބައިކޮށް ޕާސްވޯޑް ޖެހުމުން އެކައުންޓް ލޮކްވެފައިވެ އެވެ.

ބީއެމްއެލް އިން ބުނީ ޔޫޒާނޭމާއި ޕާސްވާޑް ހަނދާން ނެތުމުން، ބައެއް މީހުންނަށް އެކައުންޓަށް ވަނުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަމަށާއި އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު މައްސަލަ ހައްލުވާނެ ވަކި އިރެއް ނުބުނެ އެވެ.

ކަސްޓަމަރުންގެ ރައްކާތެރިކަމަށް އަޅާ އިތުރުފިޔަވަޅެއްގެ ގޮތުން މޯބައިލް ބޭންކިންގ ލޮގިންއަށް ޓޫ-ފެކްޓަރ އޮތެންޓިކޭޝަން (2FA) ތައާރަފް ކުރީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެންނެވެ. އެ އަޕްޑޭޓް ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގައި ރަޖިސްޓަރީ ކޮށްފައިވާ ހުރިހާ ކަސްޓަމަރުންނަށް ލިބޭނެ އެވެ.

އަދި މި ހިދުމަތް އިންޓަރނެޓް ބޭންކިންގއަށް ވެސް ލިބިގެންދާނެ ކަމަށާއި މި އަޕްޓޭޑް އާއެކު، ލޮގިންވާ ފަރާތަކީ ރަޖިސްޓްރީވެފައިވާ ކަސްޓަމަރުކަން ޔަގީން ކުރުމަށްޓަކައި އިތުރު ސެކިއުރިޓީ ލެޔާއެއް އިތުރުކުރެވިގެންދާނެ ކަމަށް އެބޭންކުން ވިދާޅުވެފައި ވެއެވެ.

އެޕް އަޕްޓޭޑް ކުރުމާއެކު، ކަސްޓަމަރުންނަށް މޯބައިލް ބޭންކިންގ އެޕް އަށް ލޮގިން ވުމަށްފަހު، ލޮގިންވުމުގެ ދެވަނަ ދެވަނަ ސްޓެޕެއްގެ ގޮތުގައި އޯޓީޕީ (ވަން ޓައިމް ޕާސްވޯޑް) ޖަހަންޖެހޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދީފައިވެއެވެ. އަދި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރު ނުވަތަ އޮތެންޓިކޭޓަރ އެޕް މެދުވެރިކޮށްވެސް އޯޓީޕީ ޖެނެރޭޓް ކުރެވޭނެ ކަމަށް އެބޭންކުން ބުނެފައިވެއެވެ. ކަސްޓަމަރުންގެ ޒާތީ މައުލޫމާތު އެހެން ފަރާތަކާ ހިއްސާނުކުރުމަށާއި، ދޭތެރެ ދޭތެރެއިން ޕާސްވޯޑް ބަދަލުކުރުމާއި ވަރުގަދަ ޕާސްވޯޑް އެއް ބޭނުންކުރުމަށް ބީއެމްއެލް އިން ހަނދުމަކޮށްދޭ ކަމަށް އެބޭންކުން ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top