އޭދަފުށީ އެސްޓީއޯ ފިހާރައަށް މުދާ ހިފައިގެން ދަތުރުކުރިބޯޓު ފަރަކަށް އަރައިފި

2615-755x435.jpg

އޭދަފުށީގައި ހުންނަ އެސްޓީއޯގެ ފިހާރައަށް މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓް ފަރަކަށް އަރައިފިއެވެ.

މުދަލާއެކު އޭދަފުށްޓަށް ދިއުމަށް ދަތުރުކުރަމުން އައި އެސްޓީއޯގެ ކޮޅުވެއްޓި މާލެއަތޮޅު ހުވަފެންފުށީ ކައިރީގައި އޮންނަ ފަރަށް އަރާފައިވަނީ ރޭ ދަންވަރުއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އާޒިމް ވިދާޅުވީ، އެ ކޮޅުވެއްޓި ރޭ ދަންވަރު ދޭއްޖެހި އިރު ފަރަށް އެރި އިރު އުޅަނދުގައި ތިބީ ހަ ދިވެހިންކަމާ އެއިން އެއްވެސް މީހަކަށް އެ ހާދިސާގައި ހާނީއްކައެއް ވެފައިނުވާ ކަމަށެވެ.

2000 އަށްވުރެ ގިން ބަސްތާ ކާޑާއެކު ދަތުރުކުރި “ކަނޑުހާ” ނަމަކަށް ކިޔާ އެ އުޅަނދު ފަރަށް އެރިކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ މިއަދު ހެނދުނު 9:00 އެހާކަންހާއިރު ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެސްޓީއޯގެ ޓަގެއް ފޮނުވައިގެން އުޅަނދު ފުންކުރުމުގެ މަސައްކަތް އެސްޓީއޯ އިން ކުރަމުން އަންނަ ކަމަށާއި އޭގައި ހުރި ކާޑުތަކަށް އަދި ގެއްލުމެއް ނުވާ ކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ކަނޑު ގަދަ ދުވަސްވަރަކަށް ވާތީ ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ސަލާމަތާ ބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top