ސްޕީޑް ލޯންޗް ތަކުން އަތޮޅު ހޮސްޕިޓަލްތައް ގުޅާލަނީ

l_169383618323wtj2-1.jpeg

މޯލްޑިވްސް ހެލްތު ލައިންގެ ނަމުގައި އިފްތިތާހު ކުރި އެ މަޝްރޫއުގެ ދަށުން ހޮސްިޓަލްތަކަށް ދިނުމަށް ހަމަޖެހިފައިވާ ސްޕީޑް ފެރީ --- ސަން ފޮޓޯ:

ސިއްހީ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން މޯލްޑިވްސް ހެލްތު ލައިން އިފްތިތާހުކޮށް ހޮސްޕިޓަލްތަކަށް ސްޕީޑް ބޯޓް ހަވާލުކުރަން ފަށައިފި އެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ހޮސްޕިޓަލްތަކަށް ސްޕީޑް ބޯޓް ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

މޯލްޑިވްސް ހެލްތު ލައިންގެ ނަމުގައި އިފްތިތާހު ކުރި އެ މަޝްރޫއަކީ ރައްޔިތުންނަށް ވީހާވެސް ގާތުން ޚިދުމަތް ދިނުމުގެ މަގުސަދުގައި ތައާރަފްކުރެވުނު ނިޒާމެއް ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.

މި ޚިދުމަތް ފެށީ އަށް ލޯންޗާ އެކު އެވެ. ސަރުކާރުން ނިންމާފައިވަނީ ނޮވެމްބަރު މަސް ނިމުމުގެ ކުރިން އަނެއް 13 އަތޮޅަށްވެސް ލޯންޗް ހަވާލުކުރުމަށެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް ވިދާޅުވީ ލޯންޗްތައް ބަނދެފައިވަނީ ބަލި މީހުންނާއި ލެބޯޓްރީ ސާމްޕަލް އުފުލަން ފަސޭހަ އަދި ރައްކާތެރި ގޮތަށް ކަމަށްވާތީ މި ލޯންޗްތައް ކުއްލި ހާލަތްތަކުގައިވެސް ބޭނުންކުރާނެ ކަމަށެވެ.

އެ ލޯންޗުތައް ހޮސްޕިޓަލްތަކުން އޮޕަރޭޓްކުރާ އިރު ލޯންޗު ބޭނުން ބޭނުން ކުރާނީ ކައިރި ރަށްރަށުގައި އައުޓްރީޗް ޕްރޮގްރާމްތައް ހިންގުމަށާއި ލެބް ސާމްޕަލް ފަދަ ތަކެތި އުފުލުމަށެވެ.

މޯލްޑިވްސް ހެލްތު ލައިންގެ މަޝްރޫޢު ނިމޭއިރު ޖުމްލަ 20 އަތޮޅަށް މިޚިދުމަތް ފުޅާކުރެވޭނެއެވެ. މިމަޝްރޫޢު ނިމިގެންދާއިރު 55 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ލަފާ ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top