ދިވެހި ރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހު ކޮށްފި

big_c84IL4DIe6Ic8mjTkZS8iALED.jpg

ޒަކާތު ހައުސް ރައީސް އިފްތިތާޙް ކޮށްދެއްވުމުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ ޒަކާތުގެ ކަންކަން ޒަމާނާއި އެއްގޮތަށް ޝަރީއަތުގެ އަލީގައި ކުރިއަށް ގެންދިއުމަށް ގާއިމް ކުރެވޭ ޒަކާތު ހައުސް ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހު ކޮށްދެއްވައިފިއެވެ.

އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ހަފްލާއެއްގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހުކުރުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުއެވެ. މި ހަފްލާގައި ވަޒީރުންނާއި، ސަރުކާރުގެ ވުޒާރާތުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ޒަކާތު ހައުސް އަކީ، ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ އިސްލާމީ ޝަރީޢަތުގެ އަލީގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ގާއިމްކުރެވޭ ޒަކާތާއި ސަދަގާތުގެ އަދުލުވެރި އަދި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން، ޒަކާތް ނެގުމާއި އޭގެ ބެހެނިވެރިންނަށް ފޯރުކޮށްދިނުމަށް ގާއިމް ކުރެވޭ ތަނެކެވެ. މީގެ އިތުރުން ޒަކާތު ހައުސްގެ ތެރެއިން ފުދުންތެރި މުޖުތަމައެއް ބީނާކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި ހަފްލާގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ލޯގޯއާއި ކުލަ ދައްކާލައިފައިވާ އިރު، ޒަކާތުގެ މުހިންމުކަން އަންގައިދޭ ވީޑިއޯ ރިޕޯޓެއްވެސް ގެނެސްދީފައިވެއެވެ.

ޒަކާތު ހައުސް ބިނާކުރުމަށް ރައީސް އިސްނަންގަވައި އެކަމުގައި ސަރުކާރުން ދެއްވި އެއްބާރުލުމަށް މި ހަފްލާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސަރުކާރަށް ޝުކުރު އަދާކުރެއްވި އެވެ.

ރާއްޖޭގައި ޒަކާތު ހައުސްއެއް ބިނާކުރުމަކީ ރައީސް މުއިއްޒުގެ ހަފްތާ-14 މަގުޗާޓުގައި ފާހަގަކޮށްފައި މުހިންމު ލަނޑުދަނޑިއެކެވެ. ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. އަދި ޒަކާތުގެ ހުކުމްތަކާއި ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމު އާންމުންނާއި ވިޔަފާރިތަކާއި ދައުލަތުގެ މުއައްސަސާތަކަށް ހިންގަން ހަމަޖެހިފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top