މެޖިސްޓްރޭޓް ކަމަށް ހުޅުވާލި ފުރުސަތުގައި އެންމެ ގިނަ ބަޔަކު ކުރިމަތިލީ އެއް ރަށަކީ ބ. ގޮއިދޫ

goidhoo-qawhop9a9p1njdy39t1pqc8igwqwq6bnsisw1mp2ya.jpg

ބ.ގޮއިދޫ -- އީވީ ފައިލް ފޮޓޯ

29ރަށުގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެންމެ ގިނަ ބަޔަކު ކުރިމަތިލި އެއް ރަށަކީ ބ.ގޮއިދޫ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.

ޖޭއެސްސީ އިން މައުލޫމާތު ދީފައިވާ ގޮތުގައި ހަތަރު މީހަކު ގޮއިދޫ މެޖިސްޓްރޭޓް ކަމަށް ކުރިމަތިލާފައިވެ އެވެ.

ގޮއިދޫގެ އިތުރުން ތުޅާދުއަށްވެސް މެޖިސްޓްރޭޓަކު ހޯދަން ވަނީ އިއުލާނުް ކޮށްފަ އެވެ.

ޖޭއެސްސީ އިން ބުނީ 29 މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި ކުރި އިއުލާންގެ ސުންގަނޑި މިދިޔަ މަހުގެ 10 ގައި ހަމަވިއިރު، މެޖިސްޓްރޭޓް ކަމަށް 47 މީހުން ކުރިމަތިލާފައިވާ ކަމަށެވެ.

މެޖިސްޓްރޭޓް ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެންމެ ގިނަ ބަޔަކު ކުރިމަތިލީ ބ. ގޮއިދޫ ގެ އިތުރުން ކ. ދިއްފުއްޓާއި ހއ. ކެލާ އާއި އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓު ކަމަށެވެ. އެއިން ކޮންމެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ހަތަރު މީހަކު ކުރިމަތިލާފައިވެއެވެ.

އެ ހުރިހާ އެންމެންގެ މައުލޫމާތާއި އެމީހުން ކުރިމަތިލި މެޖިސްޓްރޭޓް ކޯޓުތައް ވެސް ޖޭއެސްސީން ވަނީ އާންމުކޮށްފައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top