އިދިކޮޅުން ހުރިހާ ރަށެއްގައި މުޒާހަރާ ކުރަނީ

b_fmRANPdFaFlBgv2RcFV3kLcqH.jpg

27 ޑިސެމްބަރު 2022، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވާާހަކަ ދައްކަވަނީ ---- ފޮޓޯ: ޕީޕީއެމް

ރައީސް ޔާމީން މިނިވްނަ ކުރުމަށް ގޮވާލައި ”ހަރާމް ހުކުމް“ގެ ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން އިން އަންނަ ހުކުރު ދުވަހު ރާއްޖެގެ ހުރިހާ ރަށެއްގައި މުޒާހަރާކުރަން ނިންމައިފި އެވެ.

ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ޚިޔާނާތުގެ މައްސަލަ ތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހުވަނީ ހުކުމް ކޮށްފަ އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އެ މުޒާހަރާގައި ޔާމީނުގެ ސަޕޯޓަރުންނާއި އިދިކޮޅު ކޯލިޝަންގެ މެންބަރުންނާއި ގައުމަށް ހެޔޮއެދޭ ގިނަ ބަޔަކު ބައިވެރިވާނެ ކަމަށެވެ.

މާލޭގައި ވެސް އެ މުޒާހަރާ ކުރިއަށް ދާނކަމަށާއި މުޒާހަރާ ފަށާނީ އެ ދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރުކަމަށް އިދިކޮޅު ކޯލިޝަން އިން ބުނެއެވެ.

“އަޅުގަނޑުމެން އެންމެ ތަންފުކެއް ވެސް ދުލެއް ނުދޭނަން. ކެރިގެން ރައްޔިތުން ނިކުމެވަޑައިގެން މި ގައުމު ސަލާމަތްކުރުމަށް ރައީސް ޔާމީން ފައްޓަވާދެއްވި މަސައްކަތުގައި ސާބިތުވެ ތިއްބަވާ,” އަދުރޭ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، މުޒާހަރާ ކުރުމާއި އެއްވުންތައް ބޭއްވުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށާއި ހުކުރު ދުވަހު ބާއްވާ މުޒާހަރާއަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ސަޕޯޓަރުން ތިބީ ފުލުހުން ހުރަސް އެޅިޔަސް މުޒާހަރާ ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ކްރިމިނަލް ކޯޓުން ޔާމީނަށް ކުރި ހުކުމަކީ ހަރާން ހުކުމެއް ކަމަށާއި މަތީ މަރުހަލާގެ ކޯޓުން އެ މަނިކުފާނަށް އިންސާފު ލިބިވަޑައިގަންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top