ގްރީން ޓެކްސް ނަގަން އަލުން ފަށައިފި

large_1617096812496KA1.jpg

ޓޫރިޒަމް ގާނޫނަށް ގެނެވުނު އިސްލާހަކާ ގުޅިގެން ޖުލައި މަހު ގްރީން ޓެކްސް ނެގުން ހުއްޓިފައި އޮތް އޮތުން ނިމުމަކަށް އައިސް އަލުން ގްރީން ޓެކްސް ނަގަން ފަށައިފި އެވެ.

ގްރީން ޓެކްސް ނެގުމަށް މީގެ ކުރިން ގާނޫނަށް ގެނައި އިސްލާހުގައި ހިމެނޭ އޮޅުންތައް ރަނގަޅުކޮށް، ބެކްޑޭޓްކޮށް ޓެކްސް ނެގޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ސަރުކާރުން ހުށަހެޅި ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

އިސްލާހު ފާސްކުރިތާ މާގިނައިރު ތަކެއް ނުވަނީސް ރައީސް ސޯލިހް ވަނީ ގްރީން ޓެކްސް ނެގޭ ގޮތަށް އޮތް ޓޫރިޒަމް ގާނޫނުގެ 12 އިސްލާހު މިއަދު ތަސްދީގު ކުރައްވާފަ އެވެ. އިސްލާހު އޮތް ގޮތުން އެ އިސްލާހު ތަސްދީގު ކުރައްވައި ގެޒެޓް ކުރުމާ އެކު ގްރީން ޓެކްސް ނެގޭނެ އެެވެ.

މަޖިލީހުން މިއަދު ގެނައި އިސްލާހުގައިވާ ގޮތުން އިސްލާހަށް އަމަލުކުރަން ފެށުމާ ހަމައަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާ ނުދައްކާނަމަ އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވެސް ޖެހެ އެވެ.

ގާނޫނުގައި ބުނާ ބައެއްގެ އަތުން ފިޔަވައި އެހެން ބައެއް އަތުން ގްރީން ޓެކްސް ނަގާފައިވާނަމަ ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް އެއްވެސް ފަރާތެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާ ނުދައްކާ އޮތް ނަމަ އެ ބަޔަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެ ކަމުގައިވެސް ބުނެފައިވެ އެވެ.

ޖުލައި މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 61 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top