ފިޔާގެ އަގު ރަނަށް!؟

DSCN8030.jpg

އިންޑިއާ އަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މަދު ކޮށްފައިވާތީ ރާއްޖެއަށް ފިޔާގެ ދަތިކަން ބޮޑުވެ ފިޔާގެ އަގު ”ރަނަށް “ވެއްޖެއެވެ.

ވިއްސާރަ އާ ގުޅިގެން އިންޑިއާއިން ވަނީ ގިނަ ގައުމު ތަކަށް ފިޔާ ވިއްކުން ހުއްޓާލާފަ އެވެ.

ރާއްޖެއަށް ފިޔާ ލިބުމުގައި ދަތިތަކެއް ނޫޅޭނެ ކަމަށް ދިވެހި ސަރުކާރުން ބުނަމުން އައި ކަމަށް ވިޔަސް އިންޑިއާއިން ފިޔާ ގެނެވޭނެ ގޮތެއް އަދިވެސް ތަނަވަސްވެފައި ނުވާކަމަށް ވިޔަފާރިވެރިން ބުނެއެވެ. އެހެންކަމުން ފިޔާގެ އަގު އުފުލި މިއަދު މާލޭގެ ބާޒާރުގައި ފިޔާ ކިލޯއެއްގެ އާއްމު އަގަކީ 40ރުފޔާ އެވެ. ބަސްތާއެއް ގަންނަން ލިބެނީ 800 ރުފިޔާ އަށެވެ.

އޭދަފުށީގެ ފިހާރަތަކުގައިވެސް ފިޔާ ކިލޯއެއް ވިއްކަން ހުރީ 40 ރުފިޔާ އަށެވެ.

ފިޔާ އިމްޕޯޓްކޮށްގެން އޭދަފުށީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ‘ފަސްމުގޫ’ ފިހާރައިން ބުނި ގޮތުގައި ފިޔާގެ އަގު އުފުލިގެން މިދިޔައީ ޑިމާންޑާ އެއް ވަރަށް ފިޔާ އިމްޕޯޓު ނުކުރެވިގެންނެވެ.

ފަސްމުގޫ ގްރޫޕްގެ ޑިރެކްޓަރ، އިސްމާއީލް ޝަހީމް ބުނީ އިންޑިއާ ސަރުކާރުން ފިޔާ ލިބުމުގައި ދަތި ތަކެއް އުޅޭތީވެ މިހާރު ފިޔާ ވިއްކަމުން ގެންދަނީ ވަރަށް ލިމިޓް ކޮށްގެން ކަމުގައެވެ.

“އިންޑިއާ ސަރުކާރުން ފިޔާ ރާއްޖެއަށް އޮތީ ދޫކުރާ ގޮތަށް. އެކަމަކު އަދިވެސް އެކަން ފައިނަލް ނުވޭ. އިންޑިއާއިން ރާއްޖެއަށް އަންނަން ހުރިހާ ބޯޓު ތަކެއް އެއޮތީ ޓުޓިކުރިން ބަނދަރުގައި ފުރަން ތައްޔާރުގައި. އެކަމަކު ފިޔާ ނޭރުވިގެން އެބޯޓު ތަކަށް އަދިވެސް ނުފުރިގެން އުޅެނީ. އިންޑިއާ އިން  ކޮންމެ ދުވަހަކުވެސް ބުނަމުން އަންނަނީ މިއަދު ހަމަޖެހޭނެއޭ.” އިއްސޭ ބުންޏެވެ.

އިއްސެ ބުނީ ފިޔާ ނޫން އެހެން މިފަދަ އެއްވެސް އެއްޗެއްގެ އަގަށް ބަދަލު އައިސްފައި ނުވި ކަމަށްވިޔަސް ހަމަ އެކަނި ބިހާ ކެބެޖް އަރުވައިގެން ބޯޓު ފަހަރު ނާންނަނީ ކަމަށެވެ.

“އެހެންވީމާ ދެން މިވާ ގޮތަކީ ބާޒާރުގައި ހުރި މަދު ފިޔާ ކޮޅު، އަގުން ކޮންޓްރޯލް ކުރަނީ. ހުސްވީމަ ދެން ގަންނަންދާނެ ދާނެ ފިހާރައެއް ނެތް. ފިޔާ އެތެރެކުރާ މީހުންގެ އަތުގައި ފިޔާ ނެތިގެނ މިއުޅެނީ.” އިއްސެ އިތުރަށް މައުލޫމާތު ދިނެވެ.

އިންޑިއާއިން ކަނޑައަޅާފައިވާ ވަރަށް ފިޔާގެ ސްޓޮކް ރާއްޖެއަށް ދޫކުރި ނަމަވެސް ބޯޓުތަކަށް ފިޔާ ބަރު ނުކުރެވި ލަސްވީ “މިސް ކޮމިއުނިކޭޝަން” އެއްގެ ސަބަބުން ކަމަށް މާލޭގެ ވިޔަފާރިވެރިންވެސް ބުނެއެވެ. މިކަމުގެ ސަބަބުން ޓުޓިކޮރިން ބަނދަރުން ބޯޓު ފަހަރަށް ފިޔާ ބަރެއް ނުކުރެވެ އެވެ. އެހެންވެ ބައެއް ވިޔަފާރިވެރިން ވަނީ އެހެން ބަނދަރު ތަކުން ބޯޓު ފަހަރަށް ފިޔާ ބަރު ކުރަން ފަށާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top