މިދިޔަ މަހު އެންމެ ގިނައިން ސާވިސްޗާޖް ލިބުނު ރިސޯޓަކަށް ބ.އަތޮޅުގައި ހިންގާ ނައުޓިލަސް ރިސޯޓު

މިދިޔަ މަހު އެންމެ ގިނައިން ސާވިސް ޗާޖް ލިބުނު ރިސޯޓަކީ ބ.އަތޮޅުގައި ހިންގާ ލަގްޒަރީ ރިސޯޓް “ދަ ނައުޓިލަސް މޯލްޑިވްސް” ކަމަށް ރިސޯޓް ވޯކާސް ފޭސްބުކް ޕޭޖުން ބުނެފިއެވެ.

ފޭސްބުކް ޕޭޖްގައި ބުނެފައިވާ ގޮތުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވި މި ރިސޯޓުން މިދިޔަ މަހު ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖްގެ ގޮތުގައި 1،623 ޑޮލަރު ( 25،026.66ރ) ދީފައިވެ އެވެ.

މި ރިސޯޓުގެ އިތުރުން ބ.އަތޮޅުގައި ހިންގާ ރިސޯޓު ތަކުގެ ތެރެއިން ސާވިސްޗާޖް ލިބުނުވަރު ހާމަ ކޮށްފައިވަނީ އެންމެ ތިން ރިސޯޓުންނެވެ. އެއީ ވައްކަރު މޯލްޑިވްސް އާއި އަނަންތަރާ ކިހަވައް މޯލްޑިވްސް އަދި ރީތި ބީޗް ރިސޯޓެވެ.

ސާވިސްޗާޖްގެ ގޮތުން އަބަދުވެސް ޓޮޕްގައި އުޅޭ އަނަަންތަރާ ކިހަވައް މޯލްޑިވްސް އިން އޮގަސްޓް މަހު ލިބިފައިވަނީ 768 ޑޮލަރެވެ. ރުފިޔާއިން ބަލާނަމަ އެއީ 11842 އެވެ. ރީތި ބީޗް ރިސޯޓުން ސާވިސްޗޖްގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 588 ޑޮލަރު ނުވަތަ 9067 ރުފިޔާ އެވެ.

ސާވިސް ޗާޖު ނަގައި އެ ބެހުމަކީ މިހާރު ގާނޫނީ ގޮތުން ލާޒިމް ކޮށްފައިވާ ކަމަކެވެ. ސާވިސް ޗާޖުގެ ގޮތުގައި ނަގަނީ ދިހަ ޕަސެންޓެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top