ވެކްސިންގެ އެންމެ ޑޯޒެއްވެސް ނުޖަހާ ތިރީސްހާސްމީހުން އެބަތިބި: ސަރުކާރު

photo_2021-02-02_21-00-28-p2a1nwyda6obxd8s539kazx9ppjyobsz4s5oj0xyms.jpg

ކޮވިޑް-19 އިން ދިފާއުވުމަށް، ވެކްސިން ޖެހޭ އާބާދީގެ އެންމެ ޑޯޒެއްވެސް ނުޖަހާ 30،000 މީހުން އެބަތިބި ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް މިއަދު އޮތް ނޫސްވެރިންގެ ބައްދަވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ވެކްސިންގެ އެންމެ ޑޯޒެއްވެސް ނުޖަހާ މީހުންގެ ތެރެއިން ގިނައީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންކަމަށާ އެއްވެސް ޑޯޒެއް ނުޖަހާ 30،000 މީހުން އެބަތިބި ކަމަށެވެ. އެއާއެކު ވެކްސިން ނުޖަހާ ދެން ތިބި މީހުންނަށް ވެކްސިން ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ވެކްސިން ޖެހި މީހުންގެ ތަފްސީލު ދެއްވަމުން މަބްރޫކު ވިދާޅުވީ ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 18 އަހަރުން މަތީގެ %85 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށާއި، 12 އަހަރާއި 17 އަހަރާއި ދެމެދުގެ %84 ކުދިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 383،620 މީހުން ޖަހާފައިވާއިރު ވެކްސިން ދެ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 302،182 މީހުންނެނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top