އެމްއެންޑީއެފް ނޮދަން އޭރިއާގެ ފަރާތުން ބ. ތުޅާދޫގައި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓިންގ ޕްރޮގްރާމަކާއި ބޭސިކް ލައިފް ސަޕޯޓް އެންޑް ފަސްޓްއެއިޑް ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަދާ ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.
ހަދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ދެ ޕްރޮގްރާމްގެ ތެރެއިން ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓިންގ ޕްރޮރާމްގެ ބައިވެރިންނަށް އަލިފާން ރޯވުމަށް ދިމާވާ ސަބަބުތަކާއި އަލިފާން ނިއްވާނޭ ގޮތްްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ އެތަކެތި ބޭނުންކުރާނޭ ގޮތް ދަސްކޮށްދެވޭނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ބޭސިކް ލައިފް ސަޕޯޓް އެންޑް ފަސްޓްއެއިޑް ޕްރޮގްރާމުގައި ދަސްކޮށްދޭނީ ފުރަތަމަ އެހީި ދޭނެގޮތާއި، ސީޕީއާރު ދޭނެ ގޮތުގެ އިތުރުން ބަލި މީހުން އެއްތަނުން އަނެއްތަނަށް އުފުލާނެ ގޮތްތަކާ ކުއްލި ހާލަތްތަކުގައި ޞިއްހީ އަވަސް ފަރުވާދޭނެ ގޮތްތަކެވެ.
މި ޕްރޮގްރާމްގައި މައުލޫމާތު ދެއްވާނީ އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިންނެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދޭގޮތުގައި، މި ދެ ޕްރޮގުރާމުގެ ތެރެއިން ކޮމިއުނިޓީ ވޮލެންޓިއަރ ފަޔަރ ފައިޓިންގ ޕްރޮގުރާމްގައި 16 ފަރާތަކުންނާއި ބޭސިކް ލައިފް ސަޕޯޓް އެންޑް ފަސްޓްއެއިޑް ޕްރޮގްރާމުގައި 12 ފަރާތަކުން ބައިވެރިވެފައި ވެއެވެ.