ތަރާވީހު ނަމާދަށް ދިވެހ ހާފިޒުން ހޯދަނީ

DSCN1354.jpg

އޭދަުށި މަސްޖިދު މުއީނުއްދީނުއް ސާނީ

އަންނަ ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދު ކުރާނެ ދިވެހި ހާފިޒުން ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާންުކޮށްފި އެވެ.

މިކަމަށް ޝައުގުވެރިވާ ހާފިޒުންނަށް އެޕްލައިކުރުމުގެ ފުރުސަތު އަންނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް އެމިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ.

މިކަމަށް އެދި ހުށަަހަޅާއިރު ރަށްރަށުގެ މިސްކިތްތަކުގައި ތަރާވީހު ނަމާދުކޮށް ދޭން ޝައުގުވެރިވާ ހާޒިފުންނަށް ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ ފެބްރުއަރީ މަހުގެ 23 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. މާލޭގެ މިސްކިތްތަކުގައި ތަރާވީހު ނަމާދު ކުރުމުގެ ޝައުގުވެރިކަން ހުރި ހާޒިފުންނަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 އާ ހަމައަށެވެ.

ރަށްރަށުގައި އިމާމުވެ ހިފްޒުކޮށް ތަރާވީސް ނަމާދުކޮށްދޭން ޝައުގުވެރިވާ ހާފިޒުން ހުށަހަޅަން ޖެހޭ ފޯމް ކައުންސިލްތަކުން ދޫކުރާނެ އެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.

މިނިސްޓްރީން ބުނީ ހާފިޒުންނަށް އެލަވަންސް ފައިސާ ދެވޭނީ އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދުކުރާ ކޮންމެ ރެއަކަށް 500ރ. މަގުން ކަމަށެވެ. އަދި ފައިސާ ދެވޭނީ މިސްކިތަކަށް ގިނަވެގެން ދެ ހާފިޒުންނަށެވެ.

ތަރާވީހު ނަމާދު ކުރުމަށް ހުއްދަ ދެވޭނީ މާލެ ފިޔަވައި އެހެން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާތައް މެދުވެރިކޮށް މިނިސްޓްރީ އަށް ހުށަހަޅާ ލިޔުންތަކަށް ބަލައިފަ އެވެ. އަދި އެ އުސޫލާ ހިލާފަށް ހުށަހަޅާ ފޯމުތަކަށް އަމަލު ނުކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ދިވެހި ހާފިޒުންގެ އިތުރުން ރާއްޖެއިން ބޭރުގެ ހާފިޒުންނަށް ވެސް ތަރާވީހު ނަމާދު ކުރުމުގެ ހުއްދަ ދޭން ހަމަަޖެހިފައިވެ އެވެ. އެކަކަކު ހުއްދަ ދޭނީ ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ އޮންނަ، އަދި އެފަދަ ދާއިރާއަކާ ގުޅޭ މުއައްސަސާއެއް، މަރުކަޒެއް ނުވަތަ ޤުރުއާން ކުލާހެއްގައި މަސައްކަތް ކުރައްވާ އަދި ހާފިޒުކަމުގެ ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށެވެ.

ބިދޭސީ ހާފިޒުންނަށް ތަރާވީހު ނަމާދު ކުރާ ކޮންމެ ރެޔަކަށް ދޭން ހަމަޖެހިފައި ވަނީ 200ރ. އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top