ޔާމީނަކީ ދިވެހި އެތައްހާސް ރައްޔިތުންގެ ހިތްތަކުގެ ރައީސް: ސަލީމް

viber_image_2021-12-10_22-40-39-648.jpg

ޖަލްސާއެއްގައި ސަލީމް ވާހަކަ ދައްކަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ދިވެހި އެތައްހާސް ރައްޔިތުންގެ ހިތްތަކުގެ ރައީސް ކަމަށާއި، އެ ރައްޔިތުން ހޭ ހުއްޓަކައި ރައީސް ޔާމީނަށް ބޭނުންހާ ގޮތެއް ނުހެދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ކާނިވާސަރަހައްދުގައި ބޭއްވި “ކޮތަރުކޮށި” ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއްކަން ދިވެހި ރައްޔިތުންނަށް ހާމަވެފައިވާކަމަށެވެ. ރައީސް ޔާމީނަށް ނުހައްގުން އަނިޔާ ދެމުންދަނީ އެމަނިކުފާނަށް އޮތް ލޯތްބާއި ތާއީދު ހާމަވުމުން އެކަމާއި ކެތްނުވެގެން ކަމަށެވެ. އަދި ތިމާމެންނަށް ތާއީދު ނެތުމަކީ ރައީސް ޔާމީނަށް ބޭނުންހާ ގޮތެއް ހެދުމަށް އޮތް ފުރުސަތެއް ނޫންކަމަށް ސަލީމުވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ޔާމީން ދެކެ ސަރުކާރުން ރުޅި އަންނަނީ އެމަނިކުފާނަކީ ވަތަނީ ލީޑަރެއް ކަމުގައި ވާތީ ކަމަށެވެ.

ހަމައެހެންމެ ޔާމީން ހުންނެވިހާ ހިނދަކު ރާއްޖޭގައި އެހެން ދީނަކަށް ޖާގަ ނޯންނާނެ ކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ އެހެން ދީންތައް ގެނައުމަށް ޓަކައި ޔާމީން ނައްތާލުމުގެ މަސައްކަތް ކުރިޔަ ނުދޭނެ ކަމަށެވެ.

“އެހެންވީމަ އެމަނިކުފާނަށް އަނިޔާ ދޭން މަސައްކަތް ކުރަނީ، އެކަމަކު އަޅުގަނޑުމެން ހަށީގައި ލޭ ހުއްޓަކާ އެކަން ވިޔަކަ ނުދޭނަން. އެމަނިކުފާނު ދުލެއް ނުކުރާނަން. އަޅުގަނޑުމެން މިތިބީ. އެއް ލައްކަ އެތައް ރައްޔިތުންނެއްގެ ފުރާނަ ދުއްވައިލައިފައި ނޫނީ އެމަނިކުފާނަށް ގޮތެއް ހަދާކަށް ނުކުރޭނެ،” ސަލީމް ވިދާޅުވިއެވެ.

”ކޮތަރު ކޮށި” ނަމުގައި ބޭއްވި މިޖަލްސާގައި ސަލީމްވަނީ ކޮތަރާ ގުޅިފައިވާ އިސްލާމީ ތާރީހުގެ ބައެއް ހާދިސާ ތައް ވެސް ކިޔައިދެއްވާފަ އެވެ. ސަލީމް ވިދާޅުވީ ރައީސް ޔާމީން އެޅުއްވި ހިޔާ ފްލެޓްތަކަށް ކޮތަރާ ގުޅުވާ މަލާމާތް ކުރާނީ އެބައެއްގެ ގޮތެއް ނެތުމުން ކަމަށެވެ. ރައީސް ޔާމީން ކުރެއްވި ވަރުގެ މަސައްކަތެއް މިސަރުކާރަށް ނުކުރެއްވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ސަލީމްވަނީ ރައީސް ނަޝީދާއި، ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ  ސަރުކާރުން ރައްޔިތުންނަށްޓަކައި އެއްވެސް މަސައްކަތްތެއް ކުރާތަން ނުފެންނަ ކަމަށްވިދާޅުވެފައެވެ.

ރައީސް ސޯލިހާއި ސަރުކާރުގެ ކޯލިޝަންގައި ތިއްބެވި ބޭފުޅުންގެ އަމާޒަކީ ރައީސް ޔާމީން ތާއަބަދު ޖަލުގަައި ގެންގުޅުން ކަމަށާއި، ނަމަވެސް އެކަން މިސަރުކާރަކަށް ނުކުރެވޭނެކަމަށެވެ. ރައީސް ޔާމީނާއި މެދު ސަރުކާރުން އަނިޔާވެރިވަނީ އެމަނިކުފާނު އަލުން ވެރިކަމަށް ވަޑައިގެންފާނެތީ ކަމަށާއި، ރައްޔިތުން ނިންމާ ނިންމުމެއްގައި ސަރުކާރަށް ގޮތް ނުނިންމޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top