ބ.އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ މީހަކު މަރުވެއްޖެ

DSCN9334-1.jpg

ބ.އަތޮޅު ހޮސްޕިޓަލުގައި ގާއިމްކޮށްފައި ހުންނަ ރީޖަނަލް ކޮވިޑް ސެންޓަރު--ފޮޓޯ :އީވީ

ބ އަތޮޅު ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން އައި މީހަކު މަރުވެއްޖެއެވެ.

ބ. ދޮންފަނަށް ނިސްބަތްވާ އުމުރުން 80 އަހަރުގެ އެ އަންހެންމީހާ މަރުވީ ރޭ ފަތިހު އެވެ. އެމީހާގެ ހާލު ބޮޑުވެގެން ފެސިލިޓީއަށް ގެނެސް ފަރުވާ ދޭން ފެށީ މީގެ ހަތަރުދުވަސް ކުރިން ކަމަށް އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއްވި އެވެ.

މި އަންހެންމީހާގެ މަރާއެކު މިއީ ބ.އަތޮޅުން ކޮވިޑް ބަލީގައި މަރުވި ހަތަރުވަނަ މީހާއެވެ. އަދި ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި 258 ވަނަމީހާއެވެ.

އަތޮޅުތެރޭގައި މިހާރުވެސް ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުން ދާއިރު މިއަދު ބ. އަތޮޅުން އޭދަފުއްޓާއި ދޮންފަނުވެސް ވަނީ މޮނިޓަރިން އަށް ލައިފަ އެވެ. މިދެރަށުގައި ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އެޅުމަށް ކޮވިޑް ޓާސްކް ފޯސް އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް ރާއްޖެ އިން 93064 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 1933 މީހުންނަކީ އަދިވެސް އެބަލީގައި ރަނގަޅުނުވެ ތިބި މީހުންނެވެ. އިއްޔެއާއި ހަމައަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އައީ 15 މީހުންނަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top