އޭަދަފުށި މޮނިޓަރިން އަށް

IMG_20211023_174459165.jpg

އޭދަފުށި

އޭދަފުށީގައި ކޮވިޑް19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާތީވެ ރަށް މޮނޓަރިން އަށް ލައިފިއެވެ.

އޭދަފުށި މޮނިޓަރިންއަށް ލާފައި މިވަނީ ކޮވިޑްގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން ދާއިރު ރަށް މޮނީޓަރިންއަށް ލާފައި ނުވާތީ ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ބ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވީ މިހާރަކަށް އައިސް ރެންޑަމްކޮށް ނަގާ ސާމްޕަލްތަކާއި ބަލީގެ އަލާމާތްތައް ފެނިގެން ފުލޫ ކުލިނިކަށް ދައްކާ މީހުންގެ ސާމްޕަލްތައްވެސް ޕޮޒިޓިވްވާ ކަމަށެވެ.

އޭދަފުށީގެ ކޮވިޑުޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީވެ މީގެ އެއް ހަފްތާ ދުވަސް ކުރިން ފެށިގެން ރަށު ކައުންސިލުން ވަނީ ޚާއްސަ ހާލަތްތަކުގައި ނޫނީ ބޭރަށް ނުނުކުތުމަށާއި ތިން މީހުންނަށްވުރެ ގިނައިން އެއް ފަހަރާ އެއް ތަނަކަށް އެއްވެ އުޅުން ފަދަ ކޮވިޑް ފެތުރޭ ސަބަބުތަކުން ދުރުވެ އުޅުމަށް ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ. އަދި ބައެއް ހިދުމަތްތައް އޮންލައިންކޮށް ދިނުމުގެ އިތުރުން ޑޮކްޓަރަށް ދެއްކުންވެސް ވަނީ އޮންލައިންކޮށް ދައްކާގޮތަށް ބަދަލުކޮށްފައެވެ.

އޭދަފުށީގައި ރޭގެ ނިޔަލަށް 61 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެގެން ކަރަންޓީނުގައި އެބަތިބި ކަމަށް ރަށު ކައުންސިލުން މައުލޫމާތު ދެއްވަ އެވެ.

އޭދަފުށި މިއަދު މޮނިޓަރިންއަށް ލާފައިވާ އިރު، އޭަދފުށީގައި ހުންނަ ބ.އަތޮޅު ކޮވިޑް ފެސިލިޓީގައި މިއަދު ފަތިހުވަނީ އުމުރުން 80 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top