ރާއްޖެތެރެއަށް ދިވެހި ޑަކްޓަރުން ހޯދަނީ

DSCN8045.jpg

ރާއްޖެތެރޭގައި ހިންގާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް، ބިދޭސީ ޑަކްޓަރުންގެ ބަދަލުގައި ހާއްސަ ދިވެހި ސްޕެޝަލިސްޓް ޑަކްޓަރުން ހޯދަން އިއުލާނުކޮށްފިއެވެ.

ހެލްތް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ބުނެފައި ވަނީ މިއީ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ހިދުމަތްދޭ ބިދޭސީ ޑަކްޓަރުންގެ ބަދަލުގައިހޯދާ ދިވެހި ސްޕެޝަލިސްޓުން ކަމަށެވެ.

ހެލްތު މިނިސްޓްރީން ވަނީ ޖުމްލަ 74 ޑަކްޓަރުން ހޯދަން އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ލޮލުގެ ފަރުވާއާށް ހާއްސަ 17 ޑަކްޓަރަކާއި، ރޭޑިއޮލޮޖީ ދާއިރާއަށް ހާއްސަ 17 ޑަކްޓަރަކާއި، އޯރތޮޕީޑިކްސް އަށް ހާއްސަ 10 ޑަކްޓަރަކާއި، ސަރޖަރީތަކަށް ހާއްސަ 11 ޑަކްޓަރަކާއި، އެނެސްތީސިއޮލޮޖީ އަށް ހާއްސަ 10 ޑަކްޓަރަކާއި، މެޑިސިންއަށް ހާއްސަ ނުވަ ޑަކްޓަރެވެ.

މި މަގާމްތަކަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާ އެކު ފޯމް މި މަހުގެ 30 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް ހުށަހެޅުމަށް އެދިފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top