ލަންކާގެ ހާލަތުން އިބުރަތް ލިބިގަތުމަށް ރައީސް ވަހީދު ގޮވާލައްވައިފި

226763_3_e6ecaa30b25a2fddc82cf17b256d6bafa22b0136_medium.jpg

ވަގުތު ފާއިތުވުމުގެ ކުރިން ލަންކާގެ ހާލަތުން އިބުރަތް ލިބިގަތުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ސަރުކާރަށް ގޮވާލައްވައިފި އެވެ.

ޑރ. ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތު މިވަގުތު ރަނގަޅަށް މެނޭޖު ކުރަން ޖެހޭކަމަށާއި އެހެން ނޫން ނަމަ އަނެއްކާ ވެސް ނާށިގަނޑު ހިފައިގެން ސަލާން ޖަހަން ކުޑަކަކޫ މައްޗަށް ތިރިވާން ޖެހިދާނެ ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ދާކަމުގެ ނިޝާންތައް ފާހަގަކުރައްވަމުން ޑރ.ވަހީދު ވަނީ، ސަރުކާރާއި އެމްއެމްއޭ އާއި ދެމެދު އޮތް ހިޔާލު ތަފާތުވުންތަކާއި، އިގްތިސާދުގެ ތެރޭގައި ފައިސާ ދައުރުވާ މިންވަރު އިތުރުވުމާއި، އިތުރުވަމުން އަންނަ ދަރަންޏާއި، ރޭވުންތެރިކަމެއް ނެތި މުސާރަތައް ބޮޑު ކުރުމާއި، ބޭރުގެ އިންވެސްޓްމެންޓުތައް މަދުވުމާއި ޑޮލަރުގެ ދަތިކަން ކުރިމަތި ވަމުންދާ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދައުރުގައި، ސަރުކާރުން ފަތުރުވެރިކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރެއިން ވަކި ސަރަޙައްދު ތަކެއްގެ ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރުމަށް ހުށަހެޅުއްވި ހުށަހެޅުމާއި ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީން 590 މިލިއަން ރުފިޔާ މަދުވާނެ ކަމަށް މީރާއިން ވަނީ އިއްޔެ ބުނެފައެވެ.

ޑރ. ވަހީދު ވަނީ ރަޝިޔާ- ޔުކްރެއިން ހަނގުރާމައާއި އެނޫންވެސް އިގްތިސާދީ މައްސަލަތައް އޮތް މި ދަނޑިވަޅު، ރިސޯޓު ކުލި ކުޑަކުރުން ފަދަ ދައުލަތަށް ލިބޭ އާމްދަނީ މަދުވާ އެއްވެސް ކަމެއް މިވަގުތު ކުރުން ރަނގަޅު ނޫންކަމަށް ވިދާޅުވެ، ލަންކާއަށް މިހާރު ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމުން ގަވަރުނަރު އަލީ ހާޝިމް ވެސް ވަނީ މިސާލު ނަންގަވާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top