ވައިފައި: ގެއްލުން އެނގެނީ ކިހާވަރަކަށް؟

wifi-radiation-dangers-800x445.jpg

 

ޒަމާން ދަނީ ބަދަލުވެ އަތްނުފޯރާ ހިސާބަށް ތަރައްގީވަމުންނެވެ. މި ތަރައްގީގައި އިންސާނުން ކުރިއަރާ ފައިވާ މިންވަރު އެންމެ ބޮޑަށް އެނގެނީ ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުމަށް ބަލާލުމުންނެވެ. މިއަދު ޓެކްނޮލޮޖީއަކީ އޭގެ ބޭނުން ކުރުމަށް މަޖުބޫރު ކުރުވާފައިވާ އެއާނުލާ ދިރި ނޫޅެވޭ ފަދަ އެއްޗެކެވެ. އެހެން ނަމަވެސް މި ޓެކްނޮލޮޖީގެ އަގުނުކުރެވޭ ފަސޭހަތަކާއެކު، އެއިން ލިއްބައިދޭ ގެއްލުމާ ނުރައްކާ އިހުސާސްކުރެވެނީ ކިތައް މީހުނަށް ބާއެވެ؟

ޒަމާނީ ޓެކްނޮލޮޖީގައި ނުރަގަޅު ގިނަ ސައިޑް އިފެކްޓްތަކެއް ނުވަތަ އިންސާނާގެ ހަށިގަނޑަށް ގެއްލުންދޭ އެތައް ކަމެއް އެބަހުއްޓޭ ބުނުމުން ގިނަ ބަޔަކު ހައިރާންވާނެއެވެ. އޭގެތެރެއިން އެއްކަމެއްގެ ގޮތުގައި މި ޚާއްސަ ކޮށްލަނީ ކޭބަލަކާ ނުލާ ޑިވައިސްތައް ކަނެކްޓްކޮށްލާ ވައިފައި އިން ލިބޭ ގެއްލުމަށެވެ.

ގިނަ ޑިވައިސްތައް ވައިފައިގެ ހިދުމަތް ހޯދަނީ ކޭބަލްއަކާ ނުލާ ރައުޓަރއެއްގެ ބޭނުންކޮށްގެން ރައުޓަރއިން ގުޅާލައިގެންނެވެ.  މޯބައިލް ފޯނު ތައްޔާރު ކޮށްފައި ހުންނަނީ ވައިފައިގެ ނުރައްކަލުން ސަލާމަތް ވެވޭނެ ފަދަ ގޮތަކަށެވެ. މޯބައިލް ފޯނު ތައްޔާރުކުރާ ކުންފުނިތަކުން ވައިފައިގެ ނުރައްކަލުން ސަލާމަތްވާނެ ގޮތުގެ ތައާރަފެއް ނުވަތަ އިންސްޓްރަކްޝަން އާންމުކޮށްފައި ހުރެއެވެ. ވައިފައިގެ ޚިދުމަތް ބޭނުންކުރުމަށް އަހަރުމެން ބޭނުންކުރާ ވަޔަރލެސް ޑިވައިސްތައް (މިސާލަކަށް ޓެބްލެޓް، ލެޕްޓޮޕް ، ހޯމް ފޯން ފަދަ ތަކެތި) އޮންލައިންކޮށް ގުޅާލުމަށް ބޭނުންކުރާ ރައުޓަރ އިން އިލެކްޓްރޯ މެގްނެޓިކް ވޭވް އޭ ކިޔާ އިންސާނުންގެ ހަށިގަނޑަށް ގެއްލުންދޭ މާއްދާތަކެއް ހިމެނޭ ސިގްނަލެއް ބޭރުކުރެއެވެ.  އަދި މިކަމަކީ އަހަރުމެން ހީކުރާ ވަރަށްވުރެ ސީރިއަސް ކަމެއްގެގޮތުގައި ބްރިޓިޝް ހެލްތް އެޖެންސީ އިން ހެދި ތަހުލީލެކުން ވަނީ ދައްކާފައެވެ.ޚާއްސަކޮށް އިންސާނުންނާއި ގަސްގަހާގެހި ބޮޑުވުމަށް މި ސިގްނަލް ނުވަތަ ވޭވް ހުރަސްއަޅައެވެ. މީގެ އިތުރުން މިގޮތަށް ދޫކުރެވިފައި ހުންނަ ސިގްނަލް އިން ލިބޭ ގެއްލުމުގެ ތެރޭގައި ކޮންސެންތްރޭޓް ކުރުމަށް އުނދަގޫ ވުމާއި ނިދުމަށް އުނދަގޫ ވުމާއި ވަރުބަލިވުމާއި އަދި އާއްމުކޮށް ގަދައަށް ބޮލުގައި ރިއްސުން ހިމެނެއެވެ.

ޓެކްނޮލޮޖީއާއި ނުލާ މިއަދުގެ ދުނިޔޭގައި ދިރިއުޅުމަކީ އުނދަގޫކަމެކެވެ. އެހެން ނަމަވެސް މިފަދަ ގެއްލުން ތަކަށް ލޯ ހުޅުވި އަހަރެމެންނާ އަހަރެމެންގެ ދަރީން މިފަދަ ނުރައްކާތަކުން ސަލާމަތް ކުރަންޖެހެއެވެ. މިގޮތުން ރައުޓަރ ބޭނުންކުރެވޭނެ ގެއްލުން ކުޑަ ގޮތްތައް އެނގުމަކީވެސް މުހިއްމު ކަމެކެވެ.

އެގޮތުން ބަލާއިރު ގޭގައި ހުންނަ ވަޔަރލަސް ފޯން ކޭބަލް އަކާ ގުޅައިގެން ގޭތެރޭގައި ބޭނުން ކުރެވިދާނެއެވެ. މީގެ އިތުރުން ކޮޓަރި ނުވަތަ ބަދިގެ ފަދަ ތަންތަނުގައި ރައުޓަރ ނުބަހައްޓާށެވެ. ހަމަ އެއާއެކު ނިދުމުގެ ކުރިން ވަޔަރލެސް ރައުޓަރ ނިއްވާލުން ނުވަތަ ބޭނުން ނުކުރާ ގަޑިތަކުގައި ނިއްވާލާފަ ބެހެއްޓުމަށް ސަމާލުކަންދޭށެވެ. މިގޮތަށް އަމަލު ކުރާނަމަ އަހަރެމެންގެ ވަށައިގެންވާ އެންމެންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައި ދެވިދާނެއެވެ.

މަސްދަރު : ވީކްލީ ހެލްތް ލައިން

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top