ޗުއްޓީ ހޭދަކުރުމަށްފަހު ކަރީނާއާއި އާއިލާ ފުރައިފި

718641-sohaaa.jpg

ބޮލީވުޑްގެ މަޝްހޫރު ޖޯޑު ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާން ދަރިފުޅު ތައިމޫރު އާއެކު އޭދަފުއްޓާ ވަރަށް ކައިރީގައި އޮތް ސޮނެވާފުށީގައި ޗުއްޓީ ހޭދަކުރުމަށް ފުރައިފިއެވެ.  މިދަތުރުގައި ސައިފްގެ ކޮއްކޮ ސޯހާގެ ދެމަފިރިންނާއި އެމީހުންގެ ދަރިފުޅު އިނާޔާ ވެސް ބައިވެރި ވެއެވެ.

މި ދަތުރުގެ ފޮޓޯތައް ކަރީނާ ދަނީ އިންސްޓަގްރާމްގައި ފޭނުންނާ ހިއްސާ ކުރަމުންނެވެ.

ބޮލީވުޑް ނިއުސް އިން ބުނީ މިދަތުރަކީ ކަރިނާގެ އުފަން ދުވަހަށް ޚާއްސަކޮށްގެން ކޮށްފައިވާ ދަތުރެއްކަމުގައެވެ. ކަރީނާގެ އުފަން ދުވަހަކީ މި މަހުގެ 21 ވަނަ ދުވަހެވެ.

ކަރީނާ އާއި ސައިފް ވަނީ މީގެ ކުރިން ވެސް ދެ ފަހަރަކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. އެކަމަކު  ތައިމޫރު ލިބުނު ފަހުން މިއީ ރާއްޖެ އައި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން މި ދެމީހުން ރާއްޖެ އައިސްފައިވަނީ އައީ 2015 ގައެވެ.

ކަރީނާގެ އަންނަންހުރި ފިލްމު ތަކުގެ ތެރޭގައި ކަރަން ޖޯހަރުގެ ދެ ފިލްމު ކަމަށްވާ “ގުޑް ނިއުސް” އާއި “ތަހުތު”ހިމެނެއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ޖޫން މަހު ރިލީޒްކުރި “ވީރޭ ޑި ވެޑިން” އިންނެވެ.

ސައިފް އެންމެ ފަހުން ފެނިފައިވަނީ މި އަހަރު ޖެނުއަރީގައި ރިލީޒްކުރި “ކާލަކާންޑީ”އިންނެވެ. އޭނާ މިހާރު އަންނަނީ “ހަންޓާ” ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top