ފަލަސްތީނުގެ ދިފާއުގައި ހުރިހާ މުސްލިމުން ނުކުންނަން ޖެހޭ : ޚުތުބާ

DSCN2884.jpg

އޭދަފުށީ މަސްޖިދު މުއީނުން ދީން

ފަލަސްތީނު ރައްޔިތުން ކުރެ ގެދޮރު ގެއްލި, ހާލުގައި ޖެހިފައިވާ ހުވަފަތް އަންހެނުންނާއި, ޅަދަރިންގެ ނުކުޅެދުންތެރިކަމާއި އެމީހުންގެ ބޯމަތިން ކެނޑިނޭޅި އުދުހެމުންދާ ރޮކެޓްތަކުގެ ބިރުވެރިކަން އިހުސާސްކުރެވޭ ކޮންމެ މުސްލިމަކު އެމީހުންގެ ދިފާޢުގައި ނިކުންނަން ޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

”ފަލަސްތީނާއި އިސްލާމީ އުންމަތް“ މިމައުޟޫއަށް ތައްޔާރުކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައިވަނީ އިސްލާމީ އުންމަތަކީ އެއް އުންމަތެއް ކަމަށާއި ހުރިހާ މުސްލިމުންނަކީ ވެސް އުޚުއްވަތްތެރި ބައެއް ކަމަށެވެ. އަދި މުސްލިމުންނަށް ކުރިމަތިވާ ކޮންމެ ދަތި ހާލަތެއްގައި އެމީހުންނަށް އެހީވުމަކީ މުސްލިމް އުންމަތުގެ ވާޖިބެެއް ކަމަށް ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފައި ވެއެވެ.

ޚުތުބާގައި ބުނީ އެންމެ އަސާސީ ބޭނުންތަކުން މަހްރޫމްކުރެވި އަނިޔާ ލިބި, އަމިއްލަ ބިން ފޭރިގެންފައިވާ މުސްލިމުން އެބައިމީހުންގެ ހައްގުތައް ހޯދުމަށް މަސައްކަތް ކުރުމަކީ އިސްލާމީ ޝަރީއަތާއި ބައިނަލްއަގްވާމީ ގާނޫނު ތަކުގައި ވެސް އެބައިމީހުންނަށް ލިބިގެންވާ ހައްގެއް ކަމަށެވެ. 

ޚުތުބާގައި ވަނީ މުޅި އިސްލާމީ އުންމަތާއި އެއްބައިވެ ފަލަސްތީނުގެ އަހުންނާއި އުހުތުންނަށް ނަސްރު ދެއްވައި އަނިޔާވެރި ޔަހޫދީ ދައުލަތް ނެތި ކުރެއްވުން އެދި މާތް اللهއަށް އިޚުލާސްތެރިކަމާއެކު ދެއަތް އުފުލައި ދުޢާ ކުރެއްވުމަށް ނަސޭހަތްތެރި ވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top