އޭދަފުށީގައި ގްރާސްރޫޓްސް ފުޓްބޯޅަ އެކަޑަމީ އެއް

football.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން ބޭއްވި ގްރާސްރޫޓްސް ފުޓްބޯލް އެކެޑަމީ ހުޅުވުމުގެ ރަސްމިއްޔާތު

ކްލަބް އޭދަފުއްޓާއި ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ ގުޅިގެން އޭދަފުށީގައި ގްރާސް ރޫޓްސް ފުޓްބޯލް އެކަޑަމީއެއް ހިންގަން ފަށައިފިއެވެ.

އިއްޔެ ހަވީރު އޭދަފުށީގެ ރަސްމީ ފުޓްބޯޅަ ދަނޑުގައި މި އެކަޑަމީ އިފްތިތާހު ކޮށްދެއްވީ ބ.އަތޮޅު ތައުލީމީ މަރުކަުގެ ޕްރިންސިޕަލް އަހުމަދު ރަފީއުއެވެ.

އުމުރުން 6 އަހަރާއި 10 އަހަރާ ދެމެދުގެ 60 ކުދިންނާއެކު ފެށި މި އެކަޑަމީ އިފްތިތާހު ކޮށްދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޕްރިންސިޕލް ރަފީއު ވިދާޅުވީ މިފަދަ ފުރުސަތެއް ސްކޫލް ކުދިންނަށް ލިބުމުގެ މަގު ފަހިކޮށްދިން ކަމަށްޓަކައި ޕީޓީއޭ އަށާއި ކްލަބް މޯލްޑިވްސް ގެ އިތުރުން ސަލްސާ އިންވެސްޓް މަންޓަށް ޝުކުރު އަދާ ކުރާ ކަމުގައެވެ.

”މިއަދު އަނެއްކާވެސް ފެނިގެން މިދަނީ ފުޓްބޯޅައިގެ މުސްތަގްބަލަށް ކުރެވޭ ވަރަށް މުހިންމު ކަމެއް.  އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި އެކެޑަމީގެ ސަބަބުން މޮޅު ކުޅުންތެރިން ތަކެއް އުފެދިގެން ދާނެ . އެކަމަށްޓަކާ މިއެކަޑަމީ އަށް އެހީތެރިވެދެއްވި ފަރާތްތަކަށާ ހިލޭ ސާބަހަށް ކޯޗުކޮށްދޭ ކޯޗުންނަށާ ސަލްސާ އާމިރުގެ ފަރާތުން ދެއްވާ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ” ރަފީ ވިދާޅުވިއެވެ.

މި އެކަޑަމީގައި ބައިވެރިވާ ކުދިން ރަޖިސްޓްރީ ކުރުމަށް 150 ރުފިޔާ ދައްކަން ޖެހެއެވެ. އިތުރަށް މަހު ފީގެ ގޮތުގައި -/200ރ ދައްކަން ޖެހެއެވެ.

އެކަޑަމީގެ ކޯޗުންގެ ގޮތުގައި މަސައްކަތްކުރަނީ އެފްއޭއެމް ގްރާސްރޫޓްސް ކޯޗިން ކޯސް ފުރިހަމަކޮށްފައިވާ ކޯޗުންނެވެ.

މި އެކަޑަމީ ހިންގައިގެން ލިބޭ ފައިސާ ، ޕީޓީއޭ އިން ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ދަރިވަރުންގެ ތައުލީމާ ގުޅުން ހުރި ކަން ކަމަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top