މަސްތުވާ ތަކެއްޗާއެކު ދަރަވަންދޫން މީހަކު ހައްޔަރުކޮށްފި

dharavandhoo.jpg

ފޮޓޯ :ޕޮލިސް ލައިފް

މަސްތުވާ ތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ މަސައކަތުގެ ދަށުން ދަރަވަންދޫން 26 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

މިމީހާ ހައްޔަރުކޮށްފައިވަނީ ބ. ދަރަވަންދޫއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކާ އަދި މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން، ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ބ. ދަރަވަންދޫން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް މި މީހާ ގެނެސް ބަލައިފާސްކުރިއިރު، އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅަކާއި ސެލޯފިންކޮޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅައި ތައްޔާރުކޮށްފައިވާ ބިޑިއެއް ފެނިފައިވެއެވެ.

މިމައްސަލަ އޭދަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top