އޭދަފުށީގައި ރޭގަނޑު 10 ގެ ފަހުން ބެލެނިވެރިއަކާ ނުލައި އެކަނި ގެއިން ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މިއީ ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށާއި ކުޑަކުދިން ކުށުގެ ވެށިން ރައްކާތެރިކުރުމުގެ ގޮތުން އިއްޔެ ފެށި މަސައްކަތެއްކަމަށް ފުލުހުން ބުނެއެވެ.
މިގޮތުން ރޭގަނޑު 10 ގެ ފަހުން ބެލެނިވެރިޔަކާ ނުލައި ގެއިން ބޭރުގައި އުޅޭ ކުދިންގެ މަޢުލޫމާތު އެއްކުރެވޭނެއެވެ. އަދި ކުށްތަކަށް އަރައިގަންނަ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި، އެހެނިހެން އިދާރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ރަށްރަށުގައި ކުށްމަދު އަމާން މުޖުތަމަޢެއް ގާއިމުކުރުމަށްޓަކައި، ރަށްރަށުގެ އިދާރާތަކާ ގުޅިގެން އެކި ހަރަކާތްތައް ފުލުހުން ދަނީ ހިންގަމުންނެވެ.