ނެލިވަރާއި ހުރާފަރު ހިމާޔަަތްކޮށްފި

މަިނ.jpg

ބ. ކުންފުނަދޫ (ސޮންވާފުށި ރިސޯޓު) ގެ އުތުރަށް އޮންނަ ނެލިވަރާއި ހަނިފަރު ސަރަހައްދުގެ އުތުރަށް އޮންނަ އެންމަޑީގެ ބޮޑު އާބާދީއެއް ދިރިއުޅޭ ހުރާ ފަރަކީ ހިމާޔާތްކުރެވިފައިވާ ދެ ތަން ކަމަށް މިނިސްޓްރީ އޮފް އެންވަޔަމެންޓް އެންޑް ކްލައިމެޓް ޗޭންޖުން ނިންމަވައިފިއެވެ.

މިކަމާގުޅިގެން އެވުޒާރާއިން ގެޒެޓުކޮށްފައިވާ ދެ އިއުލާނުގައި ވަނީ، ބ. އަތޮޅަކީ ދުނިޔޭގެ ފެންވަރުގައި އެންމަޑީގެ އެންމެ ބޮޑު އާބާދީއެއް އުޅޭ ތަނަށް ވުމުން އެ ދެ ފިނޮޅު ހިމާޔަތްކުރީ އެ ތަކެތި އާލާކޮށް ދިރުމުގެ މަގުސަދުގައި ކަމަށެވެ.

ނެލިވަރު ސަރަހައްދަކީ ބ. ކުންފުނަދޫ އުތުރަށް އޮންނަ އެންމަޑި އެއްވާ ސަރަހައްދެކެވެ. މި ފިނޮޅު އޮންނަ ސަރަހައްދަކީ ރެކޯޑް އަދަދަކަށް ޕްލާންކްޓަންސް އާއި އެންމަޑި އެއްވާ ސަަރަހައްދެކެވެ.

މި ދެސަރަހައްދު ހިމާޔަތް ކޮށްފައިވާއިރު، މީގެ ކުރިން 2020 ވަނަ އަހަރުގެ ނިޔަލަށް 119 ފަހަރު 105 އެންމަޑި މި ސަރަހައްދުން ފެނިފައިވާއިރު، އެއީ އެންމަޑި އާލާވުމާއި ވިހެއުމަށް މުހިންމު ސަރަހައްދެއް ކަމަށް އެންވަޔަރންމެންޓު މިނިސްޓްރީން ބުންޏެވެ.

ހަމައެހެންމެ، މި ހިސާބުގެ އެންމެ ހާއްސަ ސިފައަކަށް ފާހަގަކޮށްލެވޭ ކަމަކީ މި ތިލައިގައި އެންމަޑި ސާފުކުރުމަށް ބޭނުންވާ ‘ކްލީނިން ޝްޓޭޝަނެއް’ ހުންނަ ކަމެވެ. ނެލިވަރު ފިނޮޅަކީ އައިންމަތީ ދޫނިގެ މުހިންމު މާހައުލެއް ކަމަށާއި މި ސަރަހައްދުގައި އެންމަޑީގެ ދިރުންތައް އާލާވެ އެންމަޑީގެ ކާނާ ހޯދުމަށް ފަސޭހަ ހިސާބެއް ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، 2020 ވަނަ އަހަރުގެ ނިޔަލަށް 436 އެންމަޑި މި ސަރަހައްދުން ފެނިފައިވާއިރު ހުރާފަރު ފިނޮޅަކީ ވެސް އައިންމަތީ ދޫނީގެ މާހައުލެއް ކަމުގައެވެ.

މި ސަރަހައްދުތަކުގައި ކުރުން މަނާ ބައެއް ކަންތަކަށް ބަލާއިރު އެއްވެސް ދިރުމެއްގެ ބިސް ނެގުމާއި ދިރުންތަކަށް ގޯނާ ކުރުމާއި ބިން ހިއްކުމާއި ފަޅު ހިއްކުން ފަދަ ކަންކަން ނުކުރުމަށް އެ ބަޔާނުގައި ގޮވާލަފައިވެއެވެ. އަދި، ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން ކުރެވޭ ކަންތައްތަކެއް ވެސް މިނިސްޓްރީން ހުށައަޅާފައިވެއެވެ.

އޭގެ ތެރޭގައި ސަރަހައްދަށް ކަނޑައަޅާފައިވާ ވަކި ވަގުތެއްގައި ފަތުރުވެރިންނާއި އާންމުން ޒިޔާރަތްކުރުމާއި ތިމާވެއްޓާއި ރައްޓެހި ފަތުރުވެރިކަމުގެ މަސައްކަތެއް ކުރުމާއި ދިރާސާކުރުމުގެ އިތުރުން ރިހެބިލިޓޭޝަނަށް މަސައްކަތް ކުރުން ހިމެނެއެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ނިންމި ނިންމުމާ ގުޅިގެން، މި ސަރަހައްދުތަކުގައި އެއްވެސް ދިރުމެއްގެ ބިސް ނެގުމާއި ދިރުންތަކަށް ގޯނާ ކުރުމާއި ބިން ހިއްކުމާއި ފަޅު ހިއްކުން ފަދަ ކަންކަން ނުކުރުމަށް އެ ބަޔާނުގައި ގޮވާލަފައިވެއެވެ. އަދި، ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން ކުރެވޭ ކަންތައްތަކެއް ވެސް މިނިސްޓްރީން ހުށައަޅާފައިވެއެވެ. ކުރެވޭ ކަންތައްތަކުގެ ތެރޭގައި ސަރަހައްދަށް ކަނޑައަޅާފައިވާ ވަކި ވަގުތެއްގައި ފަތުރުވެރިންނާއި އާންމުން ޒިޔާރަތްކުރުމާއި ތިމާވެއްޓާއި ރައްޓެހި ފަތުރުވެރިކަމުގެ މަސައްކަތެއް ކުރުމާއި ދިރާސާކުރުމުގެ އިތުރުން ރިހެބިލިޓޭޝަނަށް މަސައްކަތް ކުރުން ހިމެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top