ކުޑަކުދިންނަށް ވަޅި ވިއްކުން މަނާކޮށްފި

ކިުޖ.jpg

ކުޑަ ކުދިންނަށް ވަޅި ނުވިއްކުމަށް ވިޔަފާރިވެރިން ހޭލުންތެރި ކުރަނީ: ފޮޓޯ: ފުލުހުން

މިއަދުން ފެށިގެން ކުޑަ ކުދިންނަށް ވަޅި ވިއްކުން މަނާކޮށް ކުއްޖަކަށް ވަޅިއެއް ވިއްކައިފިނަމަ ބޮޑު ޖޫރިމަނާއެއް ކުރެވޭ, ގާނޫނަށް އަމަލު ކުރަން ފަށައިފިއެވެ.

ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނަށް މިއަދު އަމަލުކުރަން ފަށާފައިވާއިރު، ފުލުހުންގެ ކްރައިމް ޕްރިވެންޝަން ސެންޓަރުން ބުނީ، ކުޑަކުއްޖަކަށް އެއްވެސް މީހަކު ވަޅި ވިއްކުން މިއަދުން ފެށިގެން މަނާވާނެ ކަމަށެވެ.

އެ ސެންޓަރުން މިކަން ހަނދާންކޮށް ދީފައި މިވަނީ ”ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު“ އަށް ރައްޔިތުން އަހުލުވެރި ކުރުވުުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިންނެވެ.

އަދި ފިހާރަތަކުން އެކި އުމުރުފުރާގެ މީހުން ވިޔަފާރިކުރާ އިރު، ވިޔަފާރިވެރިން ސަމާލުކަން ދޭން ޖެހޭ ކަންކަމާއި ޚާއްސަކޮށް ތުހުމަތުކުރެވޭ ފަދަ މީހުންނާއި 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަޅިއާއި ކަޓަރު ތިލަ އަދި އެ ނޫން ވެސް އެފަދަ ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުން ކުރެވިދާނެ ފަދަ އެއްވެސް އާލާތެއް ކުޑަކުދިންނަށް ވިއްކުމަކީ މަނާ ކަމެއް ކަމެއް ފުލުހުން ބުނެދީފައިވެ އެވެ.

މި ގާނޫނުގައިވާ ގޮތުން، ކުޑަކުއްޖަކަށް ވަޅިއެއް ވިއްކައިފި މީހަކު ވިހިހާސް ރުފިޔާ އާއި އެއްލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކު ކުރެވޭނެއެވެ.

ރައްޔިތުންގެ މަޖިލީހުން ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނު މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހު ފާސްކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގުކުރެއްވީ ހަމަ އެ މަހުގެ 25 ވަނަ ދުވަހުއެވެ.

އެ ބިލު ތަސްދީގު ކުރެއްވުމަށްފަހު, ރައީސް ވިދާޅުވީ މީގެ ކުރިން ގޭންގުތަކުގެ މައްސަލަ ހައްލުނުވެ އޮތީ ސިޔާސީ ފަރާތްތަކުން އެ ކަން ކުރަން ބޭނުން ނުވުމުން ކަމަށެވެ. އަދި އަމިއްލަ މަސްލަހަތަށް ގޭންގުތަަކުގެ އެދުންތަކަށް “ދީލައިލާތީ” ކަމަށެވެ.

ނަމަވެސް މި ސަރުކާރުން މި ގާނޫނު ތަންފީޒުކުރުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށާއި، މޫނަކަށް ކަނދުރާ އަކަށް ނުބަލައި ތަންފީޒުކުރާނެ ކަމަށް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top