753 ދަރިވަރުންނާއެކު ބ.އަތޮޅު ތައުލީމީ މަރުކަޒުން ދިރާސީ އާއަހަރު ފަށައިފި

Untitled-1.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު

753 ދަރިވަރުންނާއެކު ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދިރާސީ އާއަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

ތައުލީމީ އާ އަހަރަކަށް ބ.އަތޮޅު ތައުލީމީ މަރުކަޒު ކުރިމަތިލީ އިރު ސްކޫލަށް ބޭނުން ވާ ޓީޗަރުންނާއި އެހެން ހުރިހާ ވަސީލަތްތަކެއް ވެސް ވަނީ ފުރިހަމަ ވެފައިކަމަށް ސްކޫލްގެ އެޑްމިނިސްޓްރޭޓަރު އަލީ އިމާދު ވިދާޅުވިއެވެ. އެހެންނަމަވެސް ބައެއް ގްރޭޑް ތަކުގެ ފޮތް އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް ގެ ސަބަބުން މޮނިޓަރިނ ގައި އޮތް 23 ސްކޫލް ފިޔަވައި އެހެން ހުރިހާ ސްކޫލް ތަކުގެ ކިޔެވުންވެސް މިއަދު ފަށާފައިވާއިރު އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ދިރާސީ އަހަރު މި ފެށުނީ އަހަރު މެދުތެރެއިންނެވެ.

ކޮވިޑްގެ ސަބަބުން މަދު ރަށްތަކެއް މޮނިޓަރިން އަށް ލާފައިވިޔަސް މިއަދު ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް ކިޔެވުން ފެށޭނެ ކަމަށާއި މޮނިޓަރިންގ ގައި މިވަގުތު އޮތް 14 ރަށުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އޮންލައިން ކޮށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.

ފޮޓޯ: ބއތމ-އެފްބީ

އެހެން ނަމަވެސް އެރަށްތަކުގެ ޓާސްކްފޯހުން ރަށުގައި ކޮވިޑު ފެތުރޭ މިންވަރަށް ބަލައި އެޗްޕީއޭގެ ހުއްދައާއެކު ސްކޫލްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީވަނީ މީޑިއާ އަށް މައުލޫމާތު ދެއްވާފަ އެވެ.

ދަރިވަރުންނަށް މަރުހަބާ ކިޔުމަށް ޓިޗަރުން ތައްޔާރުވެފައިވާއިރު ކޮވިޑުގެ މިހާލަތުގައިވެސް ސްކޫލް ތަކަކީ ރައްކާތެރި މާހައުލެއް ކަމަށާއި ދަރިވަރުން ސްކޫލަށް ފޮނުވައިދިނުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ އެދިވަޑައިގެންފަ އެވެ. މިނިސްޓަރު ވިދާޅުވީ މިއީ އާ ފެށުމެއް ކަމަށާއި އުޖާލާ އާ އަހަރެއް ކަމަށެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު