ރަަށްރަށުގައި ހުރި ދުވަސްވީ ކުނިތައް ނަގައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި

DSCN3579.jpg

އޭދަފުށީގެ ކުނިގޮނޑު - އީވީ ފޮޓޯ

ރަށްރަށުގައި ޖަމާވެފައިހުރި ހުރި ދުވަސްވީ ކުނިތައް ނަގައި ސާފުކޮށްދޭނެ ބަޔަު ހޯދަން ފިނޭންސް މިނިސްޓްރީން މި މަހު ކުރީކޮޅު ކޮށްފައިވާ އިއުލާނު އިސްލާހުކޮށް އަނެއްކާވެސް އެމަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.

ފިނޭންސްގެ އިއުލާނުގައި ކުރީ ފަހަރާ ހިލާފަށް މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުސަތު މި ފަހަރު ހުޅުވާލާފައިވަނީ ދިވެހި ކުންފުނި ތަކަށެވެ. އެގޮތުން ހަ ސަރަހައްދަކަށް ބަހާލައިގެން ރާއްޖޭގެ އެކި ސަރަހަައްދުތަކުގައި ޖަމާވެފައި ހުރި ދުވަސްވީ ކުނި ނެގުމަށް ޝައުގުވެރިވާ ފަރާތްތަަކުން ބީލަން ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ.

މި މަސައްކަތް ކޮށްދޭ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނަން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. ފައިސާ ބަލައިގަންނާނީ 10 ސެޕްޓެންބަރު 2019 އިން 3 އޮކްޓޫބަރު 2019 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 12:00 އަށް ފިނޭންސް މިނިސްޓްރީ އިންނެވެ.

ބިޑް ސެކިއުރިޓީގެ ގޮތުގައި އެކި ސަރަހައްދުތަކުން ކުނި ސާފުކުރުމަށް ދައްކަންޖެހެނީ އެކި އަދަދުުތަކެވެ.

  • ހއ. އަތޮޅުން ފެށިގެން ށ. އަތޮޅާއި ހަމައަށް މީހުން ދިރިއުޅޭ ރަށްރަށުގައި ޖަމާވެފައިވާ ގިނަ ދުވަސްވީ ކުނިތައް ނެގުމަށް ނަގައި ސާފުކުރުމުގެ މަސައްކަތަށް 460،000 ރުފިޔާ
  • ނ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށް މީހުން ދިރިއުޅޭ ރަށްރަށުގައި ޖަމާވެފައިވާ ގިނަ ދުވަސްވީ ކުނިތައް ނެގުމަށް ނަގައި ސާފުކުރުމުގެ މަސައްކަތަށް 12،000 ރުފިޔާ
  • ކ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް މީހުން ދިރިއުޅޭ ރަށްރަށުގައި ޖަމާވެފައިވާ ގިނަ ދުވަސްވީ ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތަށް 13،000 ރުފިޔާ
  • މ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް މީހުން ދިރިއުޅޭ ރަށްރަށުގައި ޖަމާވެފައިވާ ގިނަ ދުވަސްވީ ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތަށް 40،000 ރުފިޔާ
  • ގއ. އިން ފެށިގެން ފުވައްމުލަކާއި ހަމައަށް މީހުން ދިރިއުޅޭ ރަށްރަށުގައި ޖަމާވެފައިވާ ގިނަ ދުވަސްވީ ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތަށް 330،000 ރުފިޔާ
  • އައްޑޫ ސިޓީގައި ޖަމާވެފައިވާ ގިނަ ދުވަސްވީ ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތަށް 380،000 ރުފިޔާ

މި މަސައްކަތާ ގުޅޭ މައުލޫމާތު ފިނޭންސްއަށް ގުޅައިގެން ނުވަތަ އީމެއިލްކޮށްގެން ލިބޭނެކަމަށް އިއުލާނުގައި ވެއެވެ.

ބީލަން ހުޅުވުން އޮންނާނީ 6 އޮކްޓޫބަރު 2019 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

މީގެ ކުރިން ރަށްރަށް ސާފުކޮށް ކުނި ނަގަނީ ކައުންސިލް ތަކުންނެވެ. ރަށްރަށުގައި އުފެދޭ ކުނި ނައްތާލުމަށް އާއްމުކޮށް ބޭނުންކުރަނީ ދެގޮތެކެވެ. އެއީ ކުނިވާ ޒާތުގެ ކުނި ކަނޑަށް އެޅުމާއި ކުނި ނުވާ ޒާތުގެ ކުނި އެންދުން ނުވަތަ ކޮންމެވެސް އެހެން ވަސީލަތެއް ބޭނުން ކޮށްގެން ރަށުން ބޭރު ކުރުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top