ހަފްތާ ބަންދު، މޫސުން ގޯސް.

DSCN9825.jpg

މޫސުން ގޯސް ދުވަހެއް --އީވީ ފައިލް ފޮޓޯ

މި ހަފްތާ ބަންދުގައި މޫސުން ރަނގަޅުނުވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ ހުކުރު ދުވަހު އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެކަމަށެވެ. އަދި މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރުފޯރުމުގެ އިތުރުން، ދެކުނުގެ އަތޮޅު ތަކަށް ގުގުރިމާއެކު ވިއްސާރަކުރާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ހޮނިހިރު ދުވަހު މުޅި ރާއްޖެއަށްވެސް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާ ކުރެއެެވެ.

މިއަދުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި މަދު ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top