އޯލެވެލް ނަތީޖާ : ބ.އަތޮޅު ތައުލީމީ މަރުކަޒުން ބުނަނީ ނަތީޖާއާމެދު ހިތްހަމަ ޖެހޭކަމަށް

12799334_1325906404102573_8671692142008164633_n.jpg

2016ވަނަ އަހަރު ކެމްބްރިޖް އޯލެވެލް އިމްތިހާނުގައި ބ.އަތޮޅު ތައުލީމީ މަރުކަޒުން ހޯދާފައިވާ ނަތީޖާއާމެދު ހިތްހަމަ ޖެހޭ ކަމަށް އެސްކޫލުން ބުނެފިއެވެ.

ސްކޫލްގެ މީޑިއާ ކޯޑިނޭޓަރ އަލީ އިމާދު ވިދާޅުވީ މިދިޔަ އަހަރު އޯލެވެލްގައި ބައިވެރިކުރި 52 ކުދިންގެ ތެރެއިން ފަސް މާއްދާއިން ފާސްވި ނިސްބަތަކީ 65 އިންސައްތަ ކަމަށް ވުމުން މިއީ މިކުރީއަހަރާ އަޅާ ބަލާއިރުވެސް ލިބުނު ކުރިއެރުމެއް ކަމުގައެވެ.

މި ނަތީޖާއާ އެކު އޯލެވެލްގައި ބައިވެރިވާ ކުދިން ތެރެއިން އެންމެ ދަސް ވެގެން ފަސް މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް 60 އިންސައްތަ އަށް ހެދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާފައިވާ އަމާޒުވެސް ސްކޫލުން ހާސިލު ކުރެވިއްޖެކަމަށް އިމާދު ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ ސްކޫލުން މި ހޯދި ކާމިޔާބުގައި މިނިސްޓްރީގެ ހިއްސާ ބޮޑުކަމުގައެވެ.

“މި ދިޔަ އަހަރުގެ އޯލެވެލްގެ ނަތީޖާ ރަނގަޅުވުމުގައި އެޑިއުކޭޝަން މިނިސްޓްރީން ރާވައިގެން އެކި މާއްދާތަކާ ގުޅޭ ވީޑިއޯ ކަޮންފަރެންސް ތަކުން ދަރިވަރުންނަށް ބޮޑެތި ފައިދާ ތަކެއް ލިބުނު. އެކަން ފާހަގަކޮށް  މިނިސްޓަރ ޑރ. އައިޝަތު ޝިހާމަށް ޝުކުރުއަދާކުރަން. “

ސްކޫލުން ހޯދި ކުރިއެރުމާއެކު މިއަހަރުގެ ނަތީޖާ ރަނގަޅުކުރުމަށްވެސް ސްކޫލްވަނީ ތައްޔާރުވެފައެވެ. އިމާދު ވިދާޅުވި ގޮތުގައި މިދިޔައަހަރު ބައެއް މާއްދާތަކުން 100 އިންސައްތަ މާކްސް ހޯދާފައިވާއިރު، މިއަހަރު ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ ނިސްބަތް 80 އިންސައްތައަށްވުރެ މައްޗަށް ގެންދިއުމަށް މިހާރުވަނީ އަމާޒު ހިފާފައެވެ.  .

މިދިޔަ އަހަރު އިސްލާމާއި ހިސާބުން އެހާ ރަނގަޅު ނަތީޖާއެއް ހޯދިފައި ނުވިނަމަވެސް، ގިނަ ދަރިވަރުން ތިބީ އެކުދިންނަށް ލިބުނު ނަތީޖާއާއި މެދު ވެސް ހިތްހަމަ ޖެހިފައެވެ. ހަމައެއާއެކު ދިވެހިންވަނީ 96 އިންސައްތަ އާއެކު ވަރަށް ރަނގަޅު ކުރިއެރުމެއް ހޯދާފައެވެ.  މީގެ އިތުރުން މިދިޔަ އަހަރު އަލަށް އިމްތިހާނު ހެދި ބީޓެކް ސްޓްރީމުން ސްކޫލްވަނީ 100އިންސައްތަ ހޯދާފައެވެ.

އެސްއެސްސީ އަދި އޯލެވެލް މާއްދާތަކުން ދަރިވަރުން ހޯދާ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި މިއަހަރު އިތުރު ހަރަކާތްތަކާއި ޕްރޮގްރާމްތައް ހިންގައި، މިދިޔަ އަހަރަށް ވުރެ ރަނގަޅު ނަތީޖާއެއް މިއަހަރު ނެރުމަކީ މުޅި ސްކޫލްގެ އެންމެ ވަރުގަދަ އަޒުމްކަމުގައި އިމާދު ވިދާޅުވިއެވެ. .

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top