ރިޒާގެ ކޮލަމް: ލައިސަންސް ނެތި ދުއްވުމަކީ މަރަށް ދެވޭ ދައުވަތެއް !

warsaw-poland-april-motorcycle-accident-road-detail-motorcycle-accident-motorcycle-accident-road-detail-145685591.jpg

މިވާހަކަ ދައްކަން ޖެހެނީ ރާއްޖޭގައި ލައިސަންސް ނެތި ހާއްސަކޮށް ސައިކަލް ދުއްވުން އިތުރުވަމުން ދާތީއެވެ. މިގޮތަށް ލައިސަންސް ނެތި ދުއްވުމުން އެތައް ބަޔަކު ވަނީ އެކުދިންގެ ޒުވާން އުމުރު ދޫކޮށް މަރާ ކުރިމަތިލާން ޖެހިފައެވެ.

މިއަދު، ނޫސްތަކުގެ ފަލަ ސުރުޚީ ތަކުގައި އެންމެ ހިނގަނީވެސް މީގެ މިސާލެކެވެ. މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޓިކްޓޮކްގެ ޒުވާންތަރި ނަޒްރާ ނިޔާވި ޚަބަރެވެ. އޭނާ ނިޔާވީ ބާރު ސްޕީޑްގައި މާލޭގެ އަމީނީމަގުން ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާ ބޮޑުތަކުރުފާނު މަގަށް ނިކުތް ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް ދުވާ ޓްރެކް މައްޗަށް އަރައި ހިނގި އެކްސިޑެންޓެއްގައި ލިބުނު އަނިޔާއަށް ފަރުވާ ދެމުން ދަނިކޮށެވެ. ނަޒްރާ އިނީ ލައިސްންސް ނެތި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޒުވާނެއްގެ ސައިކަލްގެ ފަހަތުގައެވެ.

އޭދަފުށީގައިވެސް ލައިސަންސް ނެތި ސައިކަލް ދުއްވާ ޒުވާނުން ގިނަކަން ފާހަގަ ކުރެެވެއެވެ. ސައިކަލް ފަހަތަށް މީހުން އަރުވައިގެން ދުއްވަމުން ގޮސް ނުރައްކާތެރި އެކްސިޑެންޓްތައްވެސް ހިނގާފައި އެބަހުއްޓެވެ. ފުލުހުން އެވާހަކަ ދައްކައެވެ. އެކަން ނުކުރުމަށް ނަސޭހަތް ތެރިވެއެވެ. ބައެއް ފަހަރު އެގޮތަށް އުޅޭ ކުދިން ހޭލައްވައިލުމަށް އެއްގަމު އުޅަނދު ޗެކް ކުރުމުގެ އެންމެ މުހިއްމު އެއް ބޭނުމަކަށްވެފައި އޮންނަނީވެސް ލައިސެންސް ނެތި ދުއްވާ މީހުން ހޯދުމަށެވެ.

ވިސްނާލާށެވެ. ކަމެއް ވާނީ ބުނެފައެއް ނޫނެވެ. އެއްވެސް އުނޅަދެއް ލައިސަންސް ނެތި ދުއްވުމަކީ ގޯހެކެވެ. އެއީ މަރަށް ދެވޭ ދައުވަތެކެވެ. ސައިކަލް ދުއްވަންވާނީ ވެސް ލައިސަންސް ނަގައިގެންނެވެ. އަމިއްލަ ރައްކާތެރި ކަމަށެވެ. އެހެން މީހުންގެ ރައްކާތެރިކަމަށްޓަކާވެސް މެއެވެ. އެހެންނޫނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން އޮންނާނީ ވަރަށް ގާތުގައެވެ. ލައިސަންސް އޮތް ކަމަށް ވިޔަސް ތިމާއަށް ކޮންޓްރޯލް ނުވެވޭ ވަރަށް ނުވަތަ ހުއްދަ އޮތް ވަރެއްގައި ސްޕީޑް ލިމިޑް ކޮންޓްރޯކް ކުރަން ޖެހެއެވެ. ޚާއްސަ ކޮށް ފަހަތުގައި މީހަކު އިންނައިރު ދެމީހުންގެ ސަލާމަތަށް ބަލަން ޖެހޭނެއެވެ.

ރައްކާވެ ތިބިއްޔާ ދަތުރެވެ!

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top