ކޮއްކޮ، ބޭބެ ގަޔަށް ވަޅި ހަރައި މަރާލައިފި

big_OBsjREC0UEyuvqYTZiQoRD4nk.jpg

އައްޑުސިޓީ މަރަދޫފޭދޫ ގައި ދެބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ކޮއްކޮއަކު ބޭބެ ގަޔަށް ވަޅި ހަރައި މަރާލައިފި އެވެ. އެވެ.

ފުލުހުން ބުނީ މަރަދޫފޭދޫ ގެއެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ ރޭ 11:38 ހާއިރު ކަމަށެވެ.

އޭނާ މަރުވީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އެނގިފައިވާ ގޮތުގައި ދެބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމަކަށް ފަހު، ކޮއްކޮ ބޭބެގެ ގަޔަށް ވެޅި ހެރީ ގެ ކައިިރީ މަގުމަތީގައި ހުއްޓަ އެވެ. އަދި މިކަމެއް ހިނގާފައ ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށް ވެސް އެނގިފައިވެ އެވެ

މި ހަމަލާގެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ. އެއިން ފެންނަ ގޮތުގައި ހަށިގަނޑުގެ އެކި ތަންތަނަށް ދިން ހަމަލާއާ ގުޅިގެން އޭނަ ލައިގެން އިން ގަމީސް ވެސް އޮތީ ލެއިން ތަތްތެޅިފަ އެވެ.

ފުލުހުން އިތުރަށް ބުނީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. މީހަކު ހައްޔަރުކުރި ކަމަކަށް ނުބުނެ އެެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top