ދޮންފަނު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ބަަޔަކާ ހަވާލު ކޮށްފި

viber_image_2023-06-01_17-16-29-574-1536x1015-1.jpg

މިނިސްޓަރު ޝައުނާ ،ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ބ. ދޮންފަނުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ދޮންފަނުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. ކުޅިވަރާ ބެހޭ ވުޒާރާގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުހައްމަދެވެ. އާރްކޭއެލް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އޮޕަރޭޝަންސް މުހައްމަދު މޫސާފުޅެވެ.

ދޮންފަނު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް އާރްކޭލްއާ ހަވާލު ކުރީ މަސައްކަތް ފަށާތާ، 60 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. މި މަޝްރޫއަކީ ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން ދެ މިލިޔަން ތިންލައްކަ ފަނަރަ ހާސް ތިންސަތޭކަ އަށްޑިހަ އެއް ރުފިޔާ ޚަރަދުކޮށްގެން ކުރިިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top