ގޯލްޑް ކަޕް 2024: އޭދަފުށި ދެވަނަ ބުރަށް

406372_3_1994c3637029edb0b3a6e0196779dd3d583896df_large.jpeg

އޭދަފުށީގެ ކެޕްޓަން މުހައްމަދު ފާސިރު، އޭނާ ވަނީ މެޗުގައި ދެ ލަނޑު ޖަހާފަ --- ފޮޓޯ: ނިޝާން އަލީ | މިހާރު

މުޅި ރާއްޖެއަށް ހުޅުވާލައިގެން މިހާރު ކުރިއަށް ގެންދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގައި މިއަދު ހަވީރު ތ. ތިމަރަފުށި 4-0 ން ބަލިކޮށް، ބ. އޭދަފުށިން ގޯލްޑް ކަޕްގެ ދެވަނަ ބުރުގެ ގުރޫޕް ސްޓޭޖުން ޖާގަ ކަށަވަރު ކޮށްފި އެވެ.

އޭދަފުށީގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ޓީމުގެ ކެޕްޓަން މުހައްމަދު ފާސިރު (ފާއްޓޭ) އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުން އެދަފުށި މޮޅުވީ ފަސޭހަ ކަމާއެކު އެވެ. މިއީ މި މުބާރާތުގައި އޭދަފުށިން ކާމިޔާބު ކުރި ދެވަނަ މެޗެވެ. ފުރަތަމަމެޗުގައި ތުޅާދޫ އާއި ވާދަކޮށްގެން އޭދަފުށި ވަނީ 5-1 އިން މޮޅުވެފައެވެ.

މިއަދުގެ މެޗު ފެށިތަނާ ތިމަރަފުށިން ވަނީ އޭދަފުއްޓަށް ބާރު ބޮޑުކޮށްފަ އެވެ. ނަމަވެސް ފަހުން ކުޅުން ރަނގަޅުކޮށް މެޗު ޑޮމިނޭޓް ކުރީ އޭދަފުއްޓެވެ. މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) ގެ ބޭބެ، ފާއްޓޭ އޭދަފުއްޓަށް ލީޑް ފުޅާކޮށް ދިނީ މެޗުގެ 70 ވަނަ މިނެޓްގަ އެވެ.

އޭގެ 10 މިނެޓް ފަހުން އަނެއްކާވެސް އޭނާ ވަނީ އެ ޓީމަށް ތިންވަނަ ލަނޑު ޖަހައި ދީފަ އެވެ. އެ ޓީމުގެ ހަތަރުވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޖެހީ ހުސައިން ޝަރީފެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހުގެ ރޭ 9 ޖަހާއިރު، އޭދަފުށި ނުކުންނާނީ މާލެއާ ދެކޮޅަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top