މަންމައަށް އަނިޔާކޮށްގެން ފައިސާ ހޯދަން އުޅުނު މީހަކު ހައްޔަރުކޮށްފި

DSCN4977.jpg

އޭދަފުށި ---އީވީ ފައިލް ފޮޓޯ

މަންމައަށް އަނިޔާކޮށް ބިރު ދައްކައިގެން ފައިސާ ހޯދަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

މާލެ ސަރަހައްދުގައި ހިނގި މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، ހަފްތާއަކަށް އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފަ އެވެ.

މަންމައަށް އަނިޔާކޮށް ބިރު ދައްކައިގެން ފައިސާ ހޯދަން އުޅުނު މީހާގެ މައްޗަށް ކުރާ ތުހުމަތަކީ، ޝަރުއީ ކޯޓެއްގެ އަމުރާއި ހިލާފުވުމުގެ ތުހުމަތެވެ.

އެ މީހާގެ މައްޗަށް، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރެއް ފެމިލީ ކޯޓުން ކުރިން ނެރެފައިވާކަމަށް މައުލޫމާތު ލިބެ އެވެ.

މި މީހާގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާވަނީ އޭނާގެ މަންމައަށް ބިރު ދައްކައި، މަންމަގައިގައި ޖަހައި މާރާމާރީ ހިންގައި ގަދަކަމުން ފައިސާ ހޯދަން އުޅެފައެވެ. އޭނާ ބަންދުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top