ރ.ރަސްގެތީމަށް ދަތުރުކުރަމުން ދިޔަ ދޯންޏެއްގައި ރޯވެ އަނދަނީ 

large_1685720293428Z7Y.jpg

"ހޮރައިޒިއާ 2" ގެ އިންޖީނު ރޫމްގައި އަލިފާން ރޯވެފައި --ފޮޓޯ:އެމްއެންޑީއެފް.

މާލެއިން ފުރައިގެން ރ.ރަސްގެތީމަށް ދަތުރު ކުރަމުން ދިޔަ ދޯންޏެއްގެ އިންޖީނުރޫމްގައި ގައި އަލިފާން ރޯވެ އަނދަމުން ދާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެ ދޯނީގައި ވަނީ ވަރަށް ބޮޑަށް ހުޅުހިފާފައެވެ. އަލިފާންގަނޑު އަދި ކޮންޓްރޯލެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ރ.ރަސްގެތީމަށް ދަތުރު ކުރަމުން ދިޔަ ހޮރައިޒިޔާ 2 ނަމަކަށް ކިޔާ ދޯންޏެއްގެ އިންޖީނު ރޫމްގައި އަލިފާން ރޯވި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 19:16 ހައިއިރު ކަމަށެވެ. އަދި އެމްއެންޑީއެފް ކޯސްޓް ގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ ) އިން މިހާރު ހަރަކާތްތެރި ވާން ފަށައިފިކަމަށާއި އަލިފާން ރޯވެފައިވަނީ ބ. އަތޮޅު ފޯސީޒަން ރިސޯޓު (ލަނޑާގިރާވަރު ) އުތުރުން 3.04 ނޯޓިކަލް މޭލުން ކަމުގައި ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މި ދޯނިން ދަތުރު ކުރި 10 މީހުން މިހާރު ވަނީ ކަމަދޫއަށް ގެންގޮސްފައެވެ. އެ އެންމެންްނަކީވެސް ފިރިހެނުންނެވެ.

އޭދަފުށީގައި އޮންނަ ސީއެމްބިއުލާންސް އާއި މާފިލާފުށިން ކޯސްޓްގާޑް ހާބަ ކްރާފްޓް ލޯންޗު އެސަރަހައްދަށް ދަތުރު ކުރަމުން ދާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ހޮރައިޒިޔާ 2 ގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ އިރު އޭދަފުށީގެ ދެކުނުން 2.5 ނޯޓިކަލް މޭލު ބޭރުން އިއްޔެ ވެސް ވަނީ ބޯޓެއް އަޑިއަށް ގޮސްފަ އެވެ. މުދާ ބަރުކޮށްގެން މާލެއިން ރ. އަތޮޅަށް ދަތުރު ކުރަމުންދިޔަ “އާލާ ބޯޓު” އިއްޔެ އަޑިއަށް ގޮސް އޭގެ ސަބަބުން ރ. މަޑުއްވަރީގެ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުން ތަކެއް ވަނީ ވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top