ކައުންސިލްތަކަށް ޓޫރިސްޓު ބިންތައް ކަނޑައެޅުމުގެ ބާރު ދެނީ

10351910_856590641042342_4808130220560346738_n.jpg

ބ.މާޅޮސް

ކައުންސިލްތަކަށް އެރަށެއް ނުވަތަ އެ ސިޓީއެއްގެ ޓޫރިސްޓު ބިންތައް ކަނޑައެޅުމުގެ ބާރު ދިނުމަށް ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނައިފި އެވެ.

އެބިލުގައި ބަޔާން ކޮށްފައިވާ ގޮތުގައި މީހުން ދިރިއުޅޭ ރަށްތަކުގައި ނުވަތަ ސިޓީއެއްގެ ބިނާވެށީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސްތައް ތަރައްގީކުރުމަށް ބިންތައް ކަނޑައެޅުމުގެ އިޚްތިޔާރު، އެ ރަށެއް ނުވަތަ އެ ސީޓީއެއް ނިސްބަތްވާ ކައުންސިލަށް ލިބިގެން ވެއެވެ.

ބިލުގައި ބުނާ ގޮތުން، މީހުން ދިރިއުޅޭ ރަށްރަށުން ފަތުރުވެރިކަމުގެ ބޭނުމަށް އެ ރަށެއްގެ ބިނާވެށީގެ ޕްލޭންގައި ކަނޑައެޅިފައިވާ ބިންތައް ކުއްޔަށް ދޫކުރާނީ، އެ ބިމެއް ނިސްބަތްވާ ކައުންސިލްތަކުން އާންމުކޮށް އިއުލާންކޮށްގެންނެވެ. އަދި އެ ބިން ދޭންވާނީ ކަމާ ގުޅޭގޮތުން ސަރުކާރުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތައް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ޓޫރިޒަމަށް ތަރައްގީ ކުރާ ސަރަހައްދުތައް ކަނޑައެޅުމުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top