ސިއްހީ ބޭނުމަކަށް މާލެ އަންނަ މީހުން 24 ގަޑިއިރު ނުވާނަމަ ކަރަންޓީނު ވާކަށް ނުޖެހޭ

196905475_4147602665318786_733056673379622621_n.jpg

ސީއްހީ ބޭނުމަކަށް މާލެގޮސް 24 ގަޑި އިރުގެ ތެރޭގައި އެނބުރި ދާނަމަ ކަރަންޓީނު ވާން ނުޖެހޭ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެ ސެންޓަރުން ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ލީގަލް ކްލަސްޓާރގެ ހެޑް އިސްމާއިލް ޒާހިރު ވިދާޅުވީ އަލަށް ގެނެވުނު ބަދަލާއެކު ސިއްހީ ބޭނުމަށް މާލެ ވެސް ހިމެނޭ ގޮތަށް ރަށްރަށަށް ދަތުރު ކުރުމަށްފަހު 24 ގަޑިއިރަށްވުރެ ގިނައިރު ނުވާނަމަ ކަރަންޓީނު ވާން ނުޖެހޭނެ ކަމަށެވެ.

“ސިއްހީ ފަރުވާ ހޯދުމަށްޓަކާ ދަތުރުކުރާ ފަރާތްތައް 24 ގަޑިއިރަށްވުރެ ގިނައިރު ނުވާކަމަށް ވަންޏާމު އެރަށަށް ގޮސް އެނބުރި އައިސް ކަރަންޓީނު ވާކަށް ނުޖެހޭނެ، މީގެތެރޭގައި ހަމަ މާލެއަށް ދަތުރުކުރުންވެސް ހިމެނޭ” އިސްމާއިލް ޒާހިރު ވިދާޅުވިއެވެ.

ސިއްހީ ބޭނުންތަކަށް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި ކުރިން އެޗްއީއޯސީގެ ލީގަލް އަށް ލިޔެގެން ހުއްދަ ހޯދަން ޖެހުނު ނަމަވެސް މިހާރު އެމީހަކު ހުންނަ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަނަކުން އެމީހަކު ޑޮކްޓަރަށް ދެއްކުމަށްފަހު ރިފަރަލްއަކާ އެއްކޮށް އިތުރު ހުއްދައަކާއި ނުލާ އެހެން ރައްރަށަށް ދަތުރުކުރެވޭނެ ކަމަށްވެސް ޒާހިރު ވިދާޅުވި އެވެ.

ކޮވިޑް-19ގެ ކޭސްތައް މިދިޔަމަހު  ވަރަށް ބޮޑަށް އިތުރުވުމަށްފަހު މިހާރު ވަނީ އެއަދަދުތައް މަޑުމަޑުން ދަށަށް ދާން ފަށައިފައެވެ. ކުރިން ދުވާލެއްގެ މައްޗަށް ހާހަކަށް ވުރެ ގިނަ މީހުން ޕޮޒިޓިވުވަމުން އައިސް އެއަދަދު މިހާރުވަނީ 500 އަށްވުރެވެސް  ތިރިވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top