ކިހާދޫ އާ މިސްކިތުގެ މަސައްކަތް ނިމިއްޖެ. ހުޅުވަން ތައްޔާރުވަނީ

24167285_10156955184098009_931782120_o.jpg

ކިހާދޫގައި އަލަށް އެޅި މިސްކިތުގެ މަސައްކަތް ނިމިފައި. މިމިސްކިތް އަންނަމަހު ހުޅުވޭވަރުވާނޭކަމަށް ކިހާދޫ ކައުންސިލުން ބުނޭ / ފޮޓޯ: މުހައްމަދު ޒުބައިރު

އިސްލާމިކް މިނިސްޓްރީން ބ. ކިހާދޫގައި އެޅި އާމިސްކިތުގެ ހުރިހާ މަސައްކަތެއް ނިމިފައިވާކަމަށް ކިހާދޫ ކައުންސިލުން ބުނެފިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި މަސައްކަތްފެށި މި މިސްކިތް ތަފާތު މައްސަލަތަކާ ގުޅިގެން އެތައްއަހަރެއްވަންދެން މެދުކެނޑިފައި އޮތުމަށްފަހު އެމިސްކިތް ނިންމުމުގެ މަސައްކަތް ފެށީ މިއަހަރުގެ ތެރޭގައެވެ.

ކިހާދޫ ކައުންސިލުން ބުނީ މިސްކިތުގެ މައިގަނޑު ހުރިހާ މަސައްކަތެއް ނިމުނީ މިދިޔަ ހަފްތާތެރޭގައި ކަމަށެވެ. އެކައުންސިލްގެ ޒިންމާދާރުވެރިޔާ އަބްދުﷲ ނަސީމް އީވީއަށް ވިދާޅުވީ މިސްކިތް ނިމިފައިވާތީ، އިސްލާމިކް މިނިސްޓްރީގެ ޓީމެއް އަންނަ ހަފްތާ އެރަށަށް ޒިޔާރަތްކޮށް މިސްކިތުގެ މަސައްކަތްތައް ގޮސްފައިވާ ގޮތް ބަލައި މޮނިޓަރ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

“ހުރިހާ ކަމެއް އެހުރީ މުޅިން ހަމަ ނިމިފައޭ ދެންނެވޭނީ. އަޅުގަނޑަށް މިހާރު މައުލޫމާތު ލިބެމުންމިދަނީ އަންނަ ހަފްތާތެރޭގައި އިސްލާމިކް މިނިސްޓްރީގެ ޓީމެއް މިރަަށަށް ޒިޔާރަތްކުރާނޭ މިސްކިތް ހަވާލުވެ. މިސްކިތުގެ މަސައްކަތްތަކުގެ ފެންވަރު ޗެކްކުރުމަށް” ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ އާމިސްކިތުގެ ބޭނުން ޑިސެމްބަރ މަހުގެތެރޭގައި ކުރެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ 500 މީހުންގެ ޖާގައިގެ އާމިސްކިތް ބޭނުންކުރަން ފެށުމާއެކު އެރަށުގެ ރައްޔިތުންނަށް ދަތިވެފައިވާ މިސްކިތުގެ ޖާގައިގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށާ، މިއީ ވަރަށް ގިނަ ދުވަހުގެ އިންތިޒާރެއްކަމަށެވެ.

500 އެއްހާ މީހުންގެ އާބާދީއެއް އޮތް ކިހާދޫގައި މިވަގުތު ނަމާދުކުރުމަށް ބޭނުންކުރަނީ މީގެ އެތައް އަހަރެއް ކުރިން ބިނާކޮށްފައިވާ ކުޑަމިސްކިތެކެވެ. ހާއްސަ މުނާސަބަތުތަކާ، ހުކުރު ނަމާދަށް މިސްކިތް ނުފުދޭތީ، ފަހަކަށް އައިސް ނަމާދުކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާކަމަށް ކިހާދޫ ކައުންސިލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top