ރެޑްވޭވްގެ 15ވަނަ ފިހާރަ، ރެޑްވޭވް ސެންޓްރަލް ހުޅުވައިފި

dsc02025-1536x1024-1.jpg

ރެޑްވޭވްގެ 15ވަނަ ފިހާރަ ހުޅުވުން. ވަގުތު އިމޭޖަސް: އަހުމަދު ޖައިސަމް

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓި ލީޑަރުގެ ރެޑްލީފް ކޮމްޕެނީގެ 15 ވަނަ ފިހާރަ، މާލޭގެ މަދީމަގުގައި ކުރިން އަގޯރާ ހިންގި ބިޔަ އިމާރާތުގައި ރެޑްވޭވް ސެންޓްރަލްގެ ނަމުގައި ހުޅުވައިފި އެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ޝޮޕިންގ ސެންޓަރު ހުޅުވާ ދެއްވީ ރެޑްވޭވްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، ރެޑްވޭވް އިން 15 ވަނަ ފިހާރަ ހުޅުވުމުގެ ބޭނުމަކީ މިހިސާބުގަަނޑުގައި ދިރިއުޅޭ މީހުންނަށް ފަސޭހައިން ވިޔަފާރި ކޮށްލެވޭނެ ގޮތް ވުން ކަމަށެވެ. އަދި މި ތަނުންވެސް ރެޑްވޭވް އިން ވިއްކާ ހުރިހާ ބާވަތެއްގެ މުދާ ލިބެން ހުންނާނެ ކަމަށާއި ރެޑްވޭވްގެ އެހެން ފިހާރަތަކޭ އެއްގޮތަށް މި ފިހާރައިގައިވެސް ތަކެތީގެ އަގު ވަރަށް ބޮޑަށް ހެޔޮ ވާނެ ކަމުގެ ޔަގީންކަން ސަލީމް ދެއްވިއެވެ.

ސަރުކާރުން މިއަހަރުން ފެށިގެން ޖީއެސްޓީ ބޮޑުކޮށްފައިވާތީ އެކަމަށް އިޝާރަތް ކުރައްވާ ސަލީމު ވިދާޅުވީ ރެޑްވޭވްގެ ފިހާރަތަކުން މުދަލުގެ އަގު ބޮޑު ވިޔަނުދީ ހިފަހައްޓާފައި ނެތް ނަމަ ބާޒާރުގައި މުދަލުގެ އަގު 50 އިންސައްތައަށް ބޮޑުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ކުރިއަށް އޮތް ރޯދަ މަހަށްވެސް ރެޑްވޭވް ފިހާރަތަކުން މުދާ ވިއްކާނީ މިހާރުވެސް މުދާ ގަންނަން ލިބޭ އަގުގައި ކަމަށްވެސް ވިދާޅުވި އެވެ.

”ރެޑްވޭވް ސެންޓްރަލް “އަކީ ހަތަރު ފަންގިފިލާއަށް ހަދާފައި ހުރި ފިހާރައެކެވެ. އެންމެ ތިރީ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ކާބޯތަކެއްޗަށެވެ. ދެ ވަނަ ފަންގިފިލާގައި ހުންނަނީ ރީތިވާން ގެންގުޅޭ ސާމާނެވެ. ތިން ފަންގިފިލާ ހާއްސަކޮށްފައި ވަނީ ބަދިގޭގައި ގެންގުޅޭ ތަކެއްޗަށެވެ. އަދި ހަތަރު ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ އަންނައުނަށެވެ.

ރެޑްވޭވްގެ 15ވަނަ ފިހާރާ ހުޅުވި އިރު، ރޯދަ މަހަށް ޚާއްސަކޮށް ރެޑްވޭވް އިން ވަނީ ހާއްސަ ޕްރޮމޯޝަނެއްވެސް ފަށައިފައެވެ. އަދި ރޯދަމަހަށް ބޭނުންވާ ގިނަ ސާމާނުތަކުން ޑިސްކައުންޓް ލިބޭ ގޮތް ރެޑްވޭވް އިން ވަނީ ހަމަޖައްސާފައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top