ބީއެމްއެލް ފަންޑުުގެ އެހީގައި ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ޑިޖިޓަލް ސްޓޫޑިއޯއެއް

original_1777821720325.jpeg

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޖުތަމަޢުގެ ކުރިއެރުމަށް ހުޅުވާލާފައިވާ “ބޭންކް ފަންޑް” ކާމިޔާބުކުރި “ފޭލި” ޖަމިއްޔާގެ ފަރާތުން، ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ވޮކޭޝަނަލް އެޑިއުކޭޝަން ލެބް އިތުރަށް ތަރައްގީކޮށް، އެތަނުގައި ޒަމާނީ ޑިޖިޓަލް ސްޓޫޑިއޯއެއް މިއަދު ހުޅުވައިފިއެވެ.

ބީއެމްއެލް އިން ބުނީ2025 ވަނަ އަހަރުގެ ބޭންކް ފަންޑް ކާމިޔާބުކުރި ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) އިން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ ދަރިވަރުންގެ އަމަލީ ހުނަރުތަކާއި އުފެއްދުންތެރިކަން ކުރިއަރުވައި، މަސައްކަތްތެރިކަމުގެ ދާއިރާއިން ބޭނުންވާ ތަމްރީނުތައް ޒަމާނީ ވަސީލަތްތަކާއެކު ފޯރުކޮށްދިނުން ކަމަށެވެ.

އެ ސްކޫލުގައި ގާއިމުކުރި ޑިޖިޓަލް ސްޓޫޑިއޯ ފަރުމާކޮށްފައިވަނީ ޑިޖިޓަލް ކެމެރާތަކާއެކު ފުރިހަމަ ޕްރޮޑަކްޝަން ސެޓަޕެއްގެ ގޮތުގައި ކަމަށާއި އެ ސްޓޫޑިއޯގައި ސްކޫލުގެ ދަރިވަރުންނަށް ފޮޓޯގްރަފީ، ވީޑިއޯގްރަފީ އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންއާ ގުޅޭ ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ފޭލި ޖަމިއްޔާއިން ވަނީ އެ ސްކޫލުގައި ކުރިން ހިންގަމުން ދިޔަ ވޮކޭޝަނަލް ޓްރެއިނިން ލެބް އިތުރަށް ތަރައްގީކޮށްދީފައެވެ. އެގޮތުން އެ ތަނުގައި ކާޕެންޓްރީ ބައެއް ހިމަނައި، އެތަން ފަރުމާކޮށްފައިވަނީ ބޭނުންވާ ވަޑާން ސާމާނާއި ބެޓެރީ ޕަވާޑް އިލެކްޓްރިކް ޓޫލްތަކާއި ސަލާމަތީ ސާމާނުވެސް ހިމަނައިގެންނެވެ. އެ ލެބްގައި ފެހުމުގެ ބައެއް ތަރައްގީކޮށް، އެތަން ފަރުމާކޮށްފައި ވަނީ ފަހާފޮށިތަކާއި ފެހުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީގެންނެވެ.

ވޮކޭޝަނަލް ލެބްގެ ހަރަކާތްތަކަށް ދަރިވަރުންނަށް ބޭނުންވާ ޓްރެއިނިން ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް މުޖުތަމައުގެ ކުރިއެރުމަށް އެކިއެކި ޕްރޮޖެކްޓްތައް ހިންގުމަށް ކޮންމެ އަހަރަކު ހުޅުވާލާ ގްރާންޓެކެވެ. އެ ގްރާންޓުން ހޮވޭ ފަސް ޖަމިއްޔާއަކަށް ޕްރޮޖެކްޓުތައް ހިންގުމަށް 200،000 ރުފިޔާގެ އެހީ ބީއެމްއެލުން ފޯރުކޮށްދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top