އެމް7 އިން މިފަހަރު ގެނެސްދެނީ ”މާމަޔާ ޖެޓްސްކީ އާއި” ”ތުއްތު ކަމަނާއާއި ޑިންޑިން”

83179888_2959122240799889_5488345073252827136_o.jpg

ތުއްތު ކުދިންނަށް ފޮތް ކިޔުމަށް އަހުލުވެރި ކުރުވުމުގެ ގޮތުން އެމް7އިން ކުރިއަށް ގެންދާ ފޮތް އުފެއްދުމުގެ ސިލްސިލާގެ ދަށުން ދެ ވާހަކަ ފޮތް ނެރެފިއެވެ.

ތުއްތު ކުދިންނގެ ވާހަކަ ލިއުއްވުމަށް މަޝްހޫރު މުސައްނިފް، ފާތިމަތު ޝަފީގާ ލިޔުއްވާފައިވާ އެ ދެފޮތަކީ ”މާމަޔާ ޖެޓްސްކީ” އަދި ”ތުއްތު ކަމަނާއާއި ޑިންޑިން” އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ”ދިވެހިރާއްޖޭގެ އަޑު” ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ފޮތް ރަސްމީކޮށް ނެރެދެއްވީ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީއެވެ.

މި ރަސްމިއްޔާތުގައި ފޮތުގެ މުސައްނިފް ޝަފީގާ ވިދާޅުވީ، އެ ފޮތުގެ މަސައްކަތް މީގެ އަހަރެއް ކުރިން ފެށިއިރު ޝައުގު ވެރިވާ ކަހަލަ ގޮތަކަށް ފޮތްތައް ބައްޓަން ކުރެވޭނެ ގޮތްތައް ހޯދި ކަމަށެވެ. އަދި ވާހަކަ ފޮތަށް ނަންދެވުނު ގޮތާއި މެދު މީހުން ސުވާލުކުރަމުންދާ ކަމަށާ ނަމަވެސް އެންމެ ބޮޑަށް އިސްކަން ދިނީ މިހާރުގެ ކުދިންނަށް ޝައުގުވެރިވާ ކަހަލަ ފޮތްތަކަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ”އެމް7” ގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަބްދުއްސައްތާރު ވިދާޅުވީ، މިހާރު މަދުވެފައި އޮތީ ތައުލީމު ނޫން ކަމަށާއި، ފޮތްތަކުގެ މައިގަނޑު އަމާޒު ހިފާފައި ހުންނަނީ ވަކި މިސްރާބަކަށް ކަމަށެެވެ.

ސައްތާރު ވިދާޅުވީ، ތަޢުލީމީ ދާއިރާގައި މުސައްނިފުންނާއި މަޝްވަރާ ކުރެވިގެން އެ ބުކްޝޮޕުން ނެރޭ ފޮތްތަކުން އަމާޒު ހިފާފައިވަނީ މިހާރު ތިބި ކުދިންނަށް ޚާއްޞަކޮށް ސްޓޭޖުތަކަށް ބަހާލައިގެން ކަމަށެވެ. ހަމަ އެއާއެކު ފޮތްތައް ހުންނާނީ އެޑިއުކޭޝަންގެ އެކަޑެމިކް ސިލަބެސް ތަކާއި ގުޅުވާލައިގެން ކަމަށް ސައްތާރު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި, އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ އަދި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ޠާރިގު ބައިވެރިވެވަޑައިގަތެވެ.

އެ ފޮތްތައް ލިބެން ހުންނާނީ ”އެމް 7” ބުކްޝޮޕުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top