ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަ ކުރަން 3 ރަށެއް

photo_2025-04-18_21-18-04-r6tlssp6gow5ua6q0pv829e89cq6j0wum0or7frpnk-1.jpg

ކަމަދޫ : އީދު ކުޅިވަރުތަކުގެ ތެރއިން --- ފޮޓޯ: މުހައްމަދު ޝަމީމް

މި އަހަރުގެ ބޮޑުއީދު ވެސް ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ތިން ރަށް ހޮވުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގައިި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވީ ގައުމީ ފެންވަރުގައި އީދު ފާހަގަކުރާނެ ތިން ރަށެއް ކަނޑައެޅުމަށްޓަކައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް މިހާރު ދައުވަތު ފޮނުވާފައިވާ ކަމަށެވެ.

އޭނަ ވިދާޅުވީ ކައުންސިލްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް ފަހު، އެންމެ ރަނގަޅު ހުށަހެޅުންތައް ހުށަހަޅާ ތިން ރަށް ކަނޑައަޅާނެ ކަމަށެވެ.

ހީނާ ވިދާޅުވީ އީދު ފާހަގަ ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތުގެ މިންގަނޑުތަކެއް ސަރުކާރުން އެކަށައަޅާފައިވާ އިރު ކޮންމެ ރަށެއްގައި ވެސް ކުރިއަށް ގެންދަން ޖެހޭ ޕްރޮގްރާމުތަކާއި، އީދު ފާހަގަކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި، އިސްކަންދޭންޖެހޭ މުހިންމު އުސޫލުތައް ކައުންސިލްތަކާ ހިއްސާކުރެވޭނެ ކަމަށެވެ.

މި އަހަރުގެ ބޮޑު އީދު ދުވަހަކީ މި މަހުގެ 27 އެވެ.

މިދިޔަ އަހަރު ބޮޑު އީދު ގައުމީ ފެންވަރުގައި ފާހަގަކޮށޤފައިވަނީ ހއ. ކެލަ އާއި ކ. ގުރައިދޫގެ އިތުރުން ލ. ގަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top