އޯ ލެެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

education-e1628751847555.jpg

މިއަހަރުގެ މެއި-ޖޫން މަހު ކުރިއަށް ގެންދިޔަ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓުވިޓެއްގައި ވަނީ މިއަހަރުގެ އޯލެވެލް ނަތީޖާ މިއަދު ހެނދުނު 10:00 ގައި އަދި އެސް.އެސް.ސީގެ ނަތީޖާ މިއަދު 13:00 ގައި އިމްތިހާނު ސެންޓަރުތަކަށް ލިބޭނެ ކަމަށެވެ. އަދި ސެންޓަރުތަކަށް ނަތީޖާ ލިބުމާއެކު ނަތީޖާ ދޫކުރުމުގެ ކަންކަން ސެންޓަރުތަކުން އިންތިޒާމުކުރާ ގޮތެއްގެ މަތީން ކުރިޔަށްދާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މިއަހަރުގެ އޯލެވެލް އަދި އެޗްއެސްސީ އިމްތިޙާނުގައި މާލޭގެ ސްކޫލްތަކުން 2196 ދަރިވަރުންނާއި އަތޮޅުތަކުން 3759 ދަރިވަރުން ބައިވެރިވިއެވެ. އެއީ ޖުމްލަ 5955 ދަރިވަރެކެވެ.  އޯލެވެލް އިމްތިހާނު ކުރިޔަށް ގެންދިޔައީ މާލޭގެ 22 ސެންޓަރަކާއި އަތޮޅުތަކުގެ 213 ސެންޓަރެއްގައެވެ.

އެކެޑެމިކް ކަލަންޑަރަށް ގެނެވުނު ބަދަލުތަކާއެކު މިއަހަރުގެ އޯލެވެލް އިމްތިހާނު އެންމެ ފުރަތަމަ ފެށުމަށް ނިންމާފައި އޮތީ އޭޕްރީލް މަހުގެ ތެރޭގައެވެ. އެހެންނަމަވެސް ޓޭބަލް ބަދަލުކޮށް އިމްތިހާނު ފަށާފައިވަނީ މެއިމަހުގެ 2 ވަނަ ދުވަހުއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top