އޭދަފުށީ ޑަސްބިން ކުނީގެ މައްސަލައިގައި ހޮސްޕިޓަލްގެ ކަންބޮޑުވުން އެބައޮތް – ސިދުގީ

10365317_939001986147580_4644817536255384975_o.jpg

ބ. އަތޮޅު ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓްގެ ހެޑް ސިދުގީ އަބްދުﷲ. ޑަސްބިން ކުނިތަކުގެ މައްސަލާގައި ކަންބޮޑުވާކަމަށް ވިދާޅުވި / ފޮޓޯ: ފޭސްބުކް

އޭދަފުށީ ހިއްކި ސަރަހައްދުގެ ރިވެޓްމަންޓް މައްޗަށާއި، މޫދަށް ޑަސްބިން ކުނި ކޮތަޅުތަކާއެކު އެޅި މައްސަލާގައި ބ. އަތޮޅު ހޮސްޕިޓަލުން ކަންބޮޑުވާކަަމަށް އެހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓުން ބުނެފިއެވެ.

މިކަމާ ގުޅިގެން އީވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓުގެ ހެޑް ސިދުގީ އަބްދުﷲ ވިދާޅުވީ އާންމު ސިއްހީ ނަޒަރަކުން ބަލާއިރު ޑަސްބިންކުނި އެފަދަ ގޮތަކަށް އުކާލެވިފައި ހުރި ހުރުމަކީ ވަރަށްބޮޑު ބަލިމަޑުކަމަކަށް ހުޅުވޭ ފުރުސަތެއްކަމަށާ، އެފަދަކަމެއް ތަކުރާރު ނުވާނޭގޮތަކަށް ކަންކަން ރާވަންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ މިކަން ފާހަގަވުމާއެކު އަތޮޅު ހޮސްޕިޓަލްގެ ޓީމެއް އެތަނަށް ގޮސް ބެލިބެލުންތަކުންވެސް އެންމެ ހިތްހަމަޖެހޭ މަންޒަރެއް ނުފެނުނު ކަމަށެވެ.

“ހިލަތަކުގެ އެތެރެއަށް ކާބޯތަކެތި މިގޮތަށް ވަންނަންޏާ ވަރަށް ފުރުސަތު ބޮޑުވާނެ މީދާކަހަލަ އެއްޗެތި ގިނަވުމަށް. އަޅުގަނޑުމެން ޓީމުން އެތަން ބެލިއިރުވެސް އެފަދަ އަސަރުތައް އިއްޔެ ފެނުނު” ސިދުގީ ވިދާޅުވިއެވެ.

ސިދުގީ ވިދާޅުވީ މިމައްސަލާގައި ކައުންސިލާއި، ކަމާބެހޭ އެހެނިހެން ފަރާތްތަކާއެކު މަޝްވަރާކުރެވުނު ކަމަށާ، ހަރުދަނާ ފިޔަވަޅުތަކެއް އެޅޭނެކަމުގެ ޔަގީންކަން ލިބިފައިވާކަމަށެވެ. އޭނާ ވިދާޅުވީ ރަށުތެރޭގައި ރޯގާގެ އަސަރުތައް އިތުރުވަމުންދާ ދުވަސްވަރެއްގައި މިފަދަ ކަމަކުން ރަށުގެ އާންމު ސިއްހަތަށް ދިމާވެދާނެ ނުރައްކަލަކަށް ހޮސްޕިޓަލް ތައްޔާރަށް އެބައޮތްކަމަށާ، އެފަދަ ނިޝާނެއް އަދި ނުފެންނަކަމަށެވެ.

އޭދަފުށީގެ ކުނީގެ މައްސަލަ ބޮޑުވުމާގުޅިގެން މީގެކުރިންވެސް އަތޮޅު ހޮސްޕިޓަލުން ދޭތެރެދޭތެރެއިން ކަންބޮޑުން ފާޅުކޮށްފައި އެބަހުއްޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top