މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވީ ގައުމީ ޖަލްސާގައި ހިތްވަރު ދިނުމުގެ އިނާމު އޭދަފުށީގެ ތިން ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެއްވައިފިއެވެ.
އިނާމު ލިބިވަޑައިގެންނެވި ތިން ބޭފުޅުންނަކީ ކާނަލް އަބްދުލް މަތީން އަހްމަދު ގެ އިތުރުން އަބްދުލްމަތީން ޢަބްދުއްސައްތާރު އާއި ޢާއިޝަތު ޝަހުދާއެވެ.
ކާނަލް އަބަދުލް މަތީން އަހްމަދުއަކީ އޭދަފުށީ ދިލްކަޝްވިލާ އަހްމަދު އަލީ ، ކާމިނީގޭ މާޖިދާއާއި ކައިވެނި ކުރައްވައިގެން ލިބިފައިވާ ފަސް ކުދިންގެ ތެރެއިން އެކެކެވެ. މަތީން ގެ އިބްތިދާއީ ތައުލީމު ހޯއްދަވާފައިވަނީ އޭދަފުށީ މަދްރަސަތުލް ބަހިއްޔާ އިންނެވެ. މާލެއަށް ބަދަލުވެވަދައިގަތީ މަތީ ތައުލީމަށް ކިޔެވުމަށެވެ. ކާނަލް އަބްދުލް މަތީން އަހުމަދުއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ގައުމީ އިނާމު ލިބިވަޑައިގެންފައިވަނީ ވިޜުއަލް އާޓްސްގެ ދާއިރާއިން ، ލިއުމާއި ކުރެހުމާއި ފަރުމާ ކުރުމުންނެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދާ ފަރާތްތަކަށް ސަރުކާރުން ދެއްވާ ޚާއްސަ އިނާމު އަބްދުލް މަތީނަށް ރައީސް ހަވާލުކޮށްދެއްވަނީ.—ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު އަބްދުލްމަތީން އަބްދުއްސައްތާރު އަށް ލިބިވަޑައިގެންނެވީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދަވައިގެންނެވެ. މީރާ އޭދަފުށީ ބްރާންޗުގެ ސީނިއާ އޮފިސަރެއްގެ މަގާމު ގައި ހުންނެވި އަބްދުލްމަތީން ވަނީ މެލޭޝިޔާގެ ލިމްކޮކް ވިންގ ޔުނިވަސިޓީން ބިޒިނަސް އިން އެކައުންޓިންގ އިން ބެޗްލާސް ޑިގްރީ ހާސިލު ކުރެއްވައި އެ ކޯހުން އެއްވަނަވެސް ހޯއްދަވާފައެވެ.

މަތީ ސާނަވީ އިމްތިޙާނުން ބިޒިނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކޮށްގެން ރައީސުލް ޖުމްހޫރިއްޔާ ދެއްވާ މެޑަލް ޝަހުދާ އާ ހަވާލުކޮށްދެއްވަނީ —ފޮޓޯ: ރައީސް އޮފީސް
މި ރަސްމިއްޔާތުގައި ޝަހުދާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ލިބިފައިވަނީ 2016ވަނަ އަހަރު ބޭއްވުނު މަތީ ސާނަވީ އިމްތިހާނުން ބިޒިނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން 1 ވަނަ ހޯދުމާއި ގުޅިގެންނެވެ.
ކިޔުންތެރިންގެ ޚިޔާލު