ކޮންޓްރޯލެއް ނެތި ފެލިވަރަށް މަސް ގަންނަން ފަށައިފި

251247_3_ce802db0a21fcea3556e0fadb649f6628d1c3c0e_large.jpeg

މިފްކޯގެ ފެލިވަރަށް މަސްގަތުން ކޮންޓްރޯލް ކޮށްފައި އޮތްއޮތުން ދޫކޮށްލައިފިއެވެ.

ރާއްޖޭގެ މަސްވެރިކަން މިދުވަސްވަރު އާދަޔާ ހިލާފަށް ރަނގަޅުވެ ހުރިހާ ހިސާބުތަކެއްގެ ދޯނިތައް މަސްކިރަން އައުމުގެ ސަބަބުން މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ގަންނަންޖެހި ކުންފުންޏަށް ބާރުބޮޑުވުމާ ގުޅިގެން މިފްކޯގެ ބަނދަރުތަކަށް މަސް ކިރުން ކޮންޓްރޯލް ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ގަންނަމުން ދިޔައީ ދޯންޏަކުން ފަސް ޓަނުގެ މަހެވެ.

އެކަމަކު މިދިޔަ ހަފްތާއިން ފެށިގެން މިފްކޯގެ ހުރިހާ ބަނދަރަކަށް ވެސް ކޮންޓްރޯލެއް ނެތި މަސްގަންނަމުން ދާކަމަށް މިފްކޯއިން ހާމަކުރިއެވެ.

މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އެ ކުންފުނިން ގެންދަނީ ކޫއްޑޫ އާއި ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރު މިފްކޯ އަށް ވަނީ 378 ޓަނުގެ މަސް އުފުލޭ ބޯޓަކާއި މިފްކޯ އަށް ގަންނަ މަސް ރާއްޖެއިން ބޭރަށް ގެންދިއުމަށް އަމާޒުކޮށްގެން 2،500 ޓަނުގެ މަސް ރައްކާކުރެވޭ ބޯޓެއް ރާއްޖެ ގެނެސްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top