ރޯދަމަހު ކާބޯތަކެއްޗަށް ދައްޗެއް ނުވާނެ :އެސްޓީއޯ

20190512_1316020-1.jpg

އެސްޓީއޯ، އޭދަފުށީ ފިހާރައިގާ މީހަކު ބިސްކޭސްތަކެއްގެ ކައިރީގައި --އިވި ފައިލް ފޮޓޯ

ބަރަކާތްތެރި ރަމަޟާން މަސް އަންނަން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ކޮވިޑް ރޯގާ އާ ގުޅިގެން ދުނިޔޭގެ އިގްތިސާދު ހެސްކިޔާފައި ދަށަށްދާ މި ދަނޑިވަޅު ދިވެހިން އެންމެ ބޮޑަށް ބޭނުންވާނީ ކާބޯ ތަކެތީގެ ޔަގީން ކަމެވެ. މިކަމަށް އެސްޓީއޯއިން މިވަނީ ޖަވާބު ދީފަ އެވެ.

އެސްޓީއޯ އިން ބުނީ ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ އިގްތިސޯދަށް އަސަރުކޮށްފައިވާ މި ދަނޑިވަޅުގައި އާންމުންނަށް ދަތި ނުވާނެހެން ކާބޯތަކެތީގެ ބާވަތްތައް ހުސްނުވެ ލިބެމުން ދާނެ ކަމަށެވެ.

އެސްޓީއޯއިން ދިން ޔަގީންކަމާއެކު އިއްޔެ ވަނީ ކާބޯތަކެތީގެ އާޝިޕްމެންޓެއް ގެނެސްފައެވެ. އިންޑިއާއިން ގެނައި މި މިޝިޕްމެންޓު ގައި ހިމެނެނީ ފިޔާ، އަލުވި އަދި ބިހެވެ.

އެ ތަކެއްޗަކީ ގިނަ ދުވަހު ބެހެއްޓޭނެ ތަކެތި ކަމަށް ނުވާތީ ރޯދައިގެ ކުރިން އަދިވެސް މިތަކެތީގެ އާ ޝިޕްމެންޓް ތަކެއް ގެންނަމުން ދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ބާޒާރުގައި ފިޔާ،އަލުވި، ބިހުގެ އަގު ދަށް ކުރަން އެސްޓީއޯއިން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން  ފިޔާ، އަލުވި އަދި ބިހުގެ އަގު ކޮންޓްރޯލް ކޮށް އަގު ހެޔޮކޮށް ވިއްކަން ފަށައިފައެވެ. އަލުވި އަދި ބިސް ކޮންޓްރޯލް ކޮށްގެން އެ ކުންފުނިން ވިއްކަން ފަށާފައި ވާއިރު، އާއްމުންނަށް ބޭނުންވާ ވަރަށް އެ ބާވަތްތައް އެ ކުންފުނިން މިހާރު ލިބޭނެ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top