މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ބުރަށް އޭދަފުށި ހޮވިއްޖެ

medium_90117.jpg

މިނިވަން50 ޗެމްޕިއަންޝިޕްގައި އޭދަފުށްޓާ ފަރެސްމާތޮޑާ ބައްދަލުކުރާ މެޗް ފެށުމުގެ ކުރިން

މިނވަން ޗެމްޕިއަންޝިޕްގައި ބ. އަތޮޅުން ބައިވެރިވާ ދަރަވަންދޫން ޓީމް ލިސްޓް ނުފޮނުވުމުން އޭދަފުށި މި މުބާރާތުގެ ޒޯން ބުރަށް ހޮވިއްޖެއެވެ.

މި މުބާރާތުގައި މުޅި އަތޮޅުން ބައިވެރިވަނީ އޭދަފުށްޓާ ދަރަވަންދޫ ކަމަށް ވާތީ ހޯމް އެންޑް އަވޭ އުސޫލުން ކުޅެން ޖެހޭ ދެމެޗު ޝެޑިއުލް ކޮށްފައިވަނީ އަންނަ ހޯމަ ދުވަހާއި ބުރާސްފައި ދުވަހަށެވެ. ނަމަވެސް ޓީމު ލިސްޓް ހުށަހަޅަން އަންގާފައިވާ މުއްދަތުގައި ދަރަވަންދޫން ޓީމް ލިސްޓް ހުށަހަޅާފައި ނުވާތީވެ އޭދަފުށި ކޮލިފައިވެފައިވާކަމަށް އެފްއޭ އެމުން މިހާރުވަނީ ދަރަވަންދޫ ކައުންސިލަށް އަންގާފައެވެ.

އޭދަފުށީވަނީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަން ޝިޕް ގައި ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ. އެޓީމް ސެމީ ފައިނަލުގައި ބަލިވެފައިވަނީ ފަރެސްމާތޮޑާ އާ ބައްދަލުކޮށް 2-4ގެ ނަތީޖާއިންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top