”އުރީދޫ ސުޕަނެޓް“ ދަރަވަންދުއަށް.

image_SHxvJUy0klTbwoz.png

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ބ.ދަރަވަންދޫ އަށް ތައާރަފުކޮށްފި އެވެ.

އުރީދޫއިން މިޚިދުމަތް ތަޢާރަފްކޮށްފައިވަނީ، ދަރިވަރުންގެ ކިޔެވުމަށާއި، ސިއްޙީ ޚިދުމަތްތަކަށް އަދި އާއްމު ދިރިއުޅުމަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައްވެސް ޑިޖިޓަލް ޚިދުމަތްތަކުގެ ގޮތުގައި ބަދަލުވަމުން އަންނަ މި ދަނޑިވަޅުގައެވެ.

އެގޮތުން ޚިދުމަތްދޭ ފަރާތްތަކަށާއި، ލިބިގަންނަ ފަރާތްތަކަށްވެސް ނުހަނު މުހިންމު ޚިދުމަތަތަކަށް މި ޚިދުމަތް ވެގެންދާނެކަމަށް އެކުންފުނިން ބުނެއެވެ.

އުރީދޫގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ ދަރިވަރުންގެ ކިޔެވުމާއި ސިއްހީ ޚިދުމަތްތައް އަދި އާންމު ދިރިއުޅުމަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައްވެސް ޑިޖިޓަލް ޚިދުމަތްތަކުގެ ގޮތުގައި ބަދަލުވަމުން އަންނަ މި ދަނޑިވަޅުގައި، ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށާއި ލިބިގަންނަ ފަރާތްތަކަށްވެސް ފެންވަރު ރަނގަޅު ހައިސްޕީޑްގެ އިންޓަނެޓް ވަރަށް މުހިންމު ކަމަށެވެ.

“އެހެންކަމުން 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގެ ރައްޔިތުންނަށް ފޯރުކޮށްދީ، އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް” ނިޔާޒު ވިދާޅުވިއެވެ.

އުރީދޫން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިބި ރައްޔިތުންނަށާއި ވިޔަފާރިވެރިންވެސް އިންޓަނެޓް އަދި ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް އާ އުސްމިންތަކަށް ގެންގޮސްދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top